މި ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ކުރިއަށް ދިއުމަށް އޮތް ހުރަހަކީ އިދިކޮޅުން ގެންގުޅޭ ފިތުނައިގެ ދޮލަނގު ކަމުގައި އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހް މިހެން ވިދާޅުވީ މިރޭ ކެމްޕޭނު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެގޮތުން ރައީސް ވިދާޅުވީ ދޮގު މައްޗަށް ދޮގު ހަދާހަދާ އޮޅުވާލާ، އެކަން ގަބޫލުކުރާ ބައެއް ރައްޔިތިން އެބަ ތިބި ކަމަށެވެ.
"ރާއްޖޭގައި ބޭރުގެ ސިފައިން ތިބޭ ވާހަކައާ، ބޭރުގެ ބާރެއްގެ ދަށުގައި އޮންނަ ވާހަކައާ، މިހެން ދައްކާ ވާހަކަ ގަބޫލުކުރެވިފައިތިބި ބަޔަކު އެބަ ތިބި" ރައީސް ސޯލިހް ވިދާޅުވިއެވެ.
އިތުރަށް ވިދާޅުވީ އެހެންނަމަވެސް ހަގީގަތް ހާމަވަމުންދާވަރަކަށް އެ ގަބޫލުކުރުން ބަދަލުވަމުން އަންނަ ކަމަށާއި އެ ފަރާތްތަކުން ވޯޓުގައި ބައިވެރިވެ އުފާވެރި އަމާން ރާއްޖެ ހޯދުމަށް ވޯޓުލުން އެދިލައްވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް