އަވަށްޓެރި ސްރީ ލަންކާގެ އެއާލައިނެއްކަމުގައިވާ ފިޓްސް އެއާގައި ކޮލޮމްބޯ ދެކޮޅު ޓިކެޓު، އުރީދޫ ކްލަބް ޕްރިމިއަރ މެންބަރުންނަށް ހާއްސަ އަގެއްގައި ލިބޭ އޮފަރ އެއް ތައާރަފްކޮށްފިއެވެ.
އެގޮތުން އުރީދޫ މޯލްޑިވްސް އިން ބުނެފައިވާގޮތުގައި މި އޮފާގައި ރާއްޖެ-ކޮލޮމްބޯ ދެކޮޅު ޓިކެޓު ހަމަ އެންމެ 204 ޑޮލަށް ލިބޭނެއެވެ.
މިއީ އުރީދޫ ކްލަބް ޕްރިމިއަރ މެންބަރުންނަށް ހާއްސަ އޮފަރއެއްކަމުގައިވާއިރު އޭވިއޭޝަން ސާވިސް ލިމިޓެޑް މެދުވެރިކޮށް މި އޮފަރގައި ޓިކެޓް ބައްލަވައިގަންނައިރު އުރީދޫ އެޕް މެދުވެރިކޮށް އުރީދޫ ކްލަބް ޕްރިމިއަރ ކާޑު ދައްކާލުމުން މި އޮފަރގެ ދަށުން ހެޔޮ އަގުގައި ޓިކެޓު ލިބިގެންދާނެކަމުގައި އުރީދޫއިން ހާމަކުރެއެވެ.
އުރީދޫ ކްލަބް ޕްރިމިއަރ ޚިދުމަތަކީ އެކުންފުނީގެ އެންމެ އަގުހުރި ކަސްޓަމަރުންނަށް އަމާޒުކޮށް ތައާރަފްކުރެވިފައިވާ ވަރަށް ޚާއްސަ ރިވޯޑް ސްކީމްއެކެވެ. ކްލަބް ޕްރީމިއާ ރިވޯރޑް ސްކީމްގެ ދަށުން ދިވެހިރާއްޖޭގެ އަދި ބައިނަލްއަގުވާމީ އެކި ބްރޭންޑްތަކުގެ ޚާއްސަ ޚިދުމަތްތަކާއި ޑިސްކައުންޓްތައް ލިބިގެންދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް