އިސްރާއީލް ފަލަސްތީނުގެ ސުލްހައިގެ އެއްބަސްވުމަށް އެމެރިކާ އިން ހުރަސް އަޅާ ކަމަށް ރަޝިޔާއިން ތުހުމަތުކޮށްފި

އިސްރާއީލް ފަލަސްތީނުގެ ސުލްހައިގެ އެއްބަސްވުމަށް އެމެރިކާ އިން ހުރަސް އަޅާ ކަމަށް ރަޝިޔާއިން ތުހުމަތުކޮށްފިއެވެ. ރަޝިއާއިން ބުނީ 2002 ވަނަ އަހަރު ސައުދީ އަރަބިއްޔާއިން ފެށި އަރަބި ސުލްހައިގެ އިނީޝިއޭ...

28 Sep 2023 | 16:36

އިސްރާއީލް ފަލަސްތީނުގެ ސުލްހައިގެ އެއްބަސްވުމަށް އެމެރިކާ އިން ހުރަސް އަޅާ ކަމަށް ރަޝިޔާއިން ތުހުމަތުކޮށްފިއެވެ.

ރަޝިއާއިން ބުނީ 2002 ވަނަ އަހަރު ސައުދީ އަރަބިއްޔާއިން ފެށި އަރަބި ސުލްހައިގެ އިނީޝިއޭޓިވް އަށް އެމެރިކާ ހުރަސް އަޅަމުންދާ ކަމަށެވެ. އެހެންކަމުން އިސްރާއީލުން އަރަބި ގައުމުތަކާ އެކު އޮންނަ ގުޅުން އާންމު ކުރުމަށް ހިތްވަރުދީ، އިޒްރޭލާއި ފަލަސްތީނުގެ މައްސަލަ ޑިޕްލޮމެޓިކް ގޮތުން ބަލައިގަތުމުގެ ކުރިން ހައްލު ހޯދުމަށް ގޮވާލާ ކަމަށް ރަޝިޔާއިން ބުނެ އެވެ.

އދ.ގެ ސަލާމަތީ މަޖިލީހުގެ މެދުއިރުމަތީގެ ބައްދަލުވުމުގައި އދ.ގެ ސަފީރު ވަސިލީ ނެބެންޒިއާ ބުދަ ދުވަހު ދެއްކެވި ވާހަކަފުޅުގައި، ފަލަސްޠީނުގެ މިނިވަން ބައެއް ކަމަށް ބެލެވޭ ސަރަޙައްދުތަކުގައި އާބާދީތައް ހީވެސް ނުކުރާފަދަ ގޮތަށް ފުޅާކުރުން ފަދަ ހަރުކަށި ގާނޫނާ ޚިލާފު ފިޔަވަޅުތައްއަޅަމުންދާއިރުވެސް އިސްރާއީލާއެކު ސިޔާސީ ގުޅުން ޤާއިމުކުރުމަށް ސަޢޫދީ ޢަރަބިއްޔާއިން މަސައްކަތްކުރަމުންދާކަމަށް ވިދާޅުވެ، ސަޢޫދީ ޢަރަބިއްޔާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ނެބެންޒިއާ ވިދާޅުވީ އިސްރާއީލާއި ފަލަސްތީނުގެ ސުލްހައިގެ ހައްލެއް ގެނައުމަށް ބައިނަލްއަގްވާމީ ގާނޫނީ އޮނިގަނޑު އުވާލަމުންދާ ދަނޑިވަޅެއްގައި އަރަބި-އިސްރާއީލުގެ ގުޅުން ތައް އާންމު ކުރުމަށް އެމެރިކާއިން ކުރަމުންދާ މަސައްކަތްތަކުގެ ސަބަބުން އަރަބި ސުލްހައިގެ އިނީޝިއޭޓިވްގެ ލޮޖިކް އަށް ހުރަސް އެޅުމުގެ އިތުރުން ފަލަސްތީނާއި އިސްރާއީލުގެ މެދުގައި ސުލްހަ ގާއިމުކުރުމަށް ސީދާ މަޝްވަރާތައް އަލުން ފެށުމުގެ ފުރުސަތަކަށް ހުރަސް އެޅިފައިވާ ކަމަށެވެ.

ކައުންސިލް ބައްދަލުވުން ބާއްވާފައި މިވަނީ 1967 ވަނަ އަހަރުގެ މެދުއިރުމަތީގެ ހަނގުރާމައަށްފަހު އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރިއަށް ސައުދީ އަރަބިއްޔާއިން އަލަށް ކަނޑައެޅުއްވި މަންދޫބު ނާއިފް އަލް ސުދައިރީ ފުރަތަމަ ފަހަރަށް ފަލަސްތީނު އޮތޯރިޓީއަށް ކަނޑައަޅުއްވާފައި ވަނިކޮށެވެ.

އަދި އދ.ގެ ވޯލްޑް ޓޫރިޒަމް އޯގަނައިޒޭޝަނުން އިންތިޒާމްކޮށްގެން ބާއްވާ ކޮންފަރެންސެއްގައި ބައިވެރިވުމަށް އިސްރާއީލުގެ ވަފުދެއް ސައުދީގެ ވެރިރަށް ރިޔާޒަށް ދިޔަ އިރު އިސްކޮށް ހުންނެވީ އިސްރާއީލުގެ ޓޫރިޒަމް މިނިސްޓަރު ހައިމް ކާޓްޒް އެވެ.

މި ދެ ދަތުރުފުޅުވެސް ވަރަށް ސާފުކޮށް ގުޅިފައިވަނީ ސަޢޫދީ ޢަރަބިއްޔާއާއި އިސްރާއީލާ ދެމެދު އޮތް ގުޅުން ޢާންމުކުރުމަށް އެމެރިކާއިން ދާދިފަހުން ކުރި މަސައްކަތްތަކާއިއެވެ.

އަލްސުދައިރީގެ މި ދަތުރުފުޅަކީ ސައުދީ-އިސްރާއީލު ނޯމަލައިޒޭޝަން އެއްބަސްވުމުގައި ހިމެނޭ މައިގަނޑު ނުކުތާކަމަށްވާ ފަލަސްތީނާ މެދު ސައުދީ އަރަބިއްޔާއިން ގެންގުޅޭ ސްޓޭންޑަށް ހައްލެއް ގެނައުމަށް ސައުދީން ކުރި މަސައްކަތެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް