މަސްކްގެ އެކްސްއިން ދެންވާނީ ފައިދާ: ސީއީއޯ ލިންޑާ ޔަކަރީނޯ

ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސް 2024 ވަނަ އަހަރުގެ ކުރީކޮޅުން ފެށިގެން ފައިދާއަކަށް ބަދަލުވެގެން ދާނެ ކަމަށް އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރު ލިންޑާ ޔަކަރިނޯ ވިދާޅުވެއްޖެއެވެ. ބުދަ ދުވަހު ރޮއި...

28 Sep 2023 | 16:21

ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސް 2024 ވަނަ އަހަރުގެ ކުރީކޮޅުން ފެށިގެން ފައިދާއަކަށް ބަދަލުވެގެން ދާނެ ކަމަށް އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރު ލިންޑާ ޔަކަރިނޯ ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހު ރޮއިޓާސްއަށް ދެއްވި އިންޓަވިއުއެއްގައި ޔަކަރީނޯ ވިދާޅުވީ އެކްސްގައި ހޭދަކުރާ ވަގުތުގެ މުހިންމު މެޓްރިކްސް "ވަރަށް ޕޮޒިޓިވްކޮށް ޓްރެންޑްވަމުން އަންނަ" ކަމަށެވެ.

ޔަކަރީނޯ އިތުރަށް ވިދާޅުވީ ފާއިތުވި 12 ހަފުތާގެ ތެރޭގައި ގާތްގަނޑަކަށް 1500 އެއްހާ އެޑުވަޓައިޒަރުން އެނބުރި ޕްލެޓްފޯމަށް އައިސްފައިވާ ކަމަށާއި އެ ކުންފުނީގެ އެންމެ މޮޅު 100 އެޑުވަޓައިޒަރުންގެ ތެރެއިން 90 ޕަސެންޓް މީހުން އެނބުރި އައިސްފައިވާ ކަމަށެވެ.

އަންނަ އަހަރު އެ ކުންފުންޏަށް ފައިދާވާނެ ކަމަށް ޔަކަރީނޯ ވިދާޅުވި އިރު، އެކްސްގެ އޮފީސްތަކުގެ ކުލި ނުދެއްކުމާއި ވަޒީފާއިން ވަކިކުރި އެތައް ހާސް މުވައްޒަފަކަށް އެތައް މިލިއަން ޑޮލަރެއް ނުދީ ވަކިކޮށްފައިވާ ކަމަށް ބުނެ ގިނަ މައްސަލަތަކެއް ވެސް އެކްސްއަށް ވަނީ ކުރިމަތިވެފަ އެވެ.

މިދިޔަ އޮކްޓޫބަރު މަހު މަސްކް ސޯޝަލް މީޑިއާ ކުންފުނި މަސްކް ގަތްފަހުން، އެކިއެކި ސަބަބުތަކާހެދި އެޑުވަޓައިޒަރުން ހިފަހައްޓަން އެކްސް އަށް ވަނީ ދަތިތަކެއް ކުރިމަތިވެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް