ބާރަށް ބެލްޓް އަޅުއްވާ، މުއިއްޒުގެ ޕައިލެޓްކަމުގައި މި ނައްޓާލަނީ ދިވެހިންގެ ރާއްޖެއަށް: ޕީޕީއެމް

ޑރ. މުހައްމަދު މުއިއްޒުގެ 'ޕައިލެޓްކަމުގައި' ދިވެހީންގެ ރާއްޖެއަށް ދިއުމަށް ފަހު ދަތުރު ފަށަން ތައްޔާރުގައި ތިބިކަމަށް ޕީޕީއެމް/ޕީއެންސީއިން ބުނެފިއެވެ. މަޖާޒީ މާނައެއް އެކުލެވޭ ލިޔުންކޮޅަކާއެކު ޓިކެޓ...

28 Sep 2023 | 15:36

ޑރ. މުހައްމަދު މުއިއްޒުގެ 'ޕައިލެޓްކަމުގައި' ދިވެހީންގެ ރާއްޖެއަށް ދިއުމަށް ފަހު ދަތުރު ފަށަން ތައްޔާރުގައި ތިބިކަމަށް ޕީޕީއެމް/ޕީއެންސީއިން ބުނެފިއެވެ.

މަޖާޒީ މާނައެއް އެކުލެވޭ ލިޔުންކޮޅަކާއެކު ޓިކެޓެއްގެ ފޮޓޯ ހިއްސާކުރަމުން އެ ކޯލިޝަނުން ބުނީ، ދިވެހީންގެ ރާއްޖެއަށް ދާން ފުރާނީ ހޮނިހިރު ދުވަހު ކަމަށެވެ. އަދި ސީޓް ނަންބަރަކީ ހަތަރެއް ކަމަށާއި، ކެބިންއަކީ ޕީޕީއެމް/ޕީއެންސީ ކަމަށެވެ.

އެހެންކަމުން ބެލްޓު ބާރަށް އަޅުވައްއި، ތައްޔާރަށް ތިބުމަށް އެ ކޯލިޝަނުން ވަނީ ބުނެފައެވެ.

އެ ކޯލިޝަނުން ބުނީ މި ދަތުރުގެ 'ޕައިލެޓް' އަކީ ޑރ. މުއިއްޒު ކަމަށާއި، 'ކޯޕައިލެޓް' އަކީ ހުސައިން މުހައްމަދު ލަތީފް (ސެމްބެ) ކަމަށެވެ. އަދި އެ ދެބޭފުޅުންގެ މާލިމީކަމުގެ ދަށުން ރައްކާތެރިކަމާއެކު ދިވެހީންގެ ރާއްޖެއަށް ދެވޭނެ ކަމަސް އެ ކޯލިޝަނުން ބުންޏެވެ.

ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޑރ. މުއިއްޒުއާ ވާދަ ކުރައްވާނީ އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް