ހަލުވި ސްޕީޑްގައި އިންޓަނެޓް ތަޖުރިބާކޮށްލުމަށް މުޅިން އައު ދިރާގު 5ޖީ ޓަރބޯ ވައިފައި ދިރާގުން ތަޢާރަފްކޮށްފިއެވެ.
އެގޮތުން އަލަށް ތަޢާރަފްކުރި މި ޕްލަގް-އެންޑް-ޕްލޭ 5ޖީ ޓަރބޯ ވައިފައިއާއެކު ކަސްޓަމަރުންނަށް މިހާރު 5ޖީ ސްޕީޑްގެ ހަލުވި އިންޓަނެޓް ކޮންމެ ތަނެއްގައި ހުރެގެންވެސް ބޭނުންކޮށްލެވޭނެ ކަމަށް ދިރާގުން ބުނެފައިވެއެވެ.
ދިރާގުން ބުނާ ގޮތިގައި 5ޖީ ޓަރބޯ ވައިފައި ޑިވައިސްއާއެކު ކަސްޓަމަރުންނަށް އެފަރާތްތަކުގެ ޑޭޓާ ބޭނުންތައް ފުއްދުމަށް ތަފާތު އަގުތަކާއި، އަދި ޑޭޓާ އެލަވަންސްތަކުގެ އެކި ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ޕެކޭޖުތައް ހިޔާރުކުރެވޭނެއެވެ.
އަދި ޚާއްސަ 5ޖީ ބޫސްޓަރތަށްވެސް ކަސްޓަމަރުންނަށް ނެގޭނެ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.
މީގެ އިތުރުން ޓަރބޯ ޕޯސްޓްޕެއިޑް ޕެކޭޖްތައް ނަގާ ކަސްޓަމަރުންނަށް ޑޭޓާ ރޯލްއޯވަރއާއެކު ބޭނުން ނުކުރާ ޑޭޓާ އެއް މަސް ދުވަހަށް ކުރިއަށް ގެންދެވޭނެ ކަމަށް ދިރާގުން ހާމަކުރައްވާފައިވެއެވެ.
މި އައު 5ޖީ ޓަރބޯ ވައިފައިއާ ބެހޭ އިތުރު މަޢުލޫމާތު ހޯދުމަށްޓަކައި ދިރާގުން ވަނީ މި ލިންކް ފޯރުކޮށްދީފައެވެ.
ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ތަފާތު ގިނަ އައު އޮފާރތައް ހެޔޮ އަގުގައި ކަސްޓަމަރުންނަށް ގެނެސްދިނުމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް