އުމުރުން ދުވަސްވީ މީހަކު ބަނދެ ފޭރުނު މީހަކު ހައްޔަރުކޮށްފި

އައްޑޫ ސިޓީގައި އުމުރުން ދުވަސްވީ މީހަކު ބަނދެ ފޭރުނު މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނެފައިވާގޮތުގައި މިފަދަ މައްސަލައެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އުމުރުން 50 އަހަރުގެ ދި...

28 Sep 2023 | 10:59

އައްޑޫ ސިޓީގައި އުމުރުން ދުވަސްވީ މީހަކު ބަނދެ ފޭރުނު މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނެފައިވާގޮތުގައި މިފަދަ މައްސަލައެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އުމުރުން 50 އަހަރުގެ ދިވެހި ފިރިހެނެކެވެ. ފުލުހުންގެ ބެލުމުގެ ދަށަށް އެމީހަކުގެންގޮސްފައިވަނީ އައްޑޫ ސިޓީ، މަރަދޫގައި އުމުރުން ދުވަސްވީ މީހަކު ދިރިއުޅޭ ގެއަކަށް ވަދެ އެގޭގައި އުމުރުން ދުވަސްވީ މީހާ ބަނދެ ފޭރުނު މައްސަލައިގައެވެ.

"މި މައްސަލައިގާ އަނިޔާ ލިބުނު މީހާ، ޓީޝާޓެއް ބޭނުންކޮށްގެން ބަނދެފައިވަނިކޮށް ސަލާމާތްވާން މަސައްކަތްކުރުމުގެ ތެރޭގައި އެމީހާގެ ހުންނަ ހަމުގެ ބައްޔެއްގެ ސަބަބުން، އަތުގެ މުލައްދަނޑިއަށް ބޮޑެތި އަނިޔާތަކެއްވެފައިވޭ" ފުލުހުން ބުނެފައިވެއެވެ.

އުމުރުން ދުވަސްވީ މީހާގެ އުމުރަކީ 81 އަހަރު ކަމަށް ފުލުހުން ބުނެއެވެ. އަދި އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މިއަދު ހެނދުނު 06:12ގައި ކަމަށްވެސް ފުލުހުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް