ސުނާމީ އާއި ގުޅިގެން ލ.ގަމަށް ބަދަލުވި ކޮންމެ އާއިލާއަކަށް 50 ހާސް ރުފިޔާ ދިނުމަށް ރައީސް ނިންމަވައިފި

2004 ވަނަ އަހަރުގެ ސުނާމީ ކާރިސާއާއި ގުޅިގެން ލ. އަތޮޅު މުންޑުއާއި ކަޅައިދޫން ގަމަށް ބަދަލުވި ކޮންމެ އާއިލާއަކަށް 50 ހާސް ރުފިޔާގެ އިނާޔަތެއް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލި...

28 Sep 2023 | 08:36

2004 ވަނަ އަހަރުގެ ސުނާމީ ކާރިސާއާއި ގުޅިގެން ލ. އަތޮޅު މުންޑުއާއި ކަޅައިދޫން ގަމަށް ބަދަލުވި ކޮންމެ އާއިލާއަކަށް 50 ހާސް ރުފިޔާގެ އިނާޔަތެއް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ނިންމަވައިފިއެވެ.

މިކަން ހާމަކޮށް ގަމު ކައުންސިލުން ނެރެފައިވާ އިއުލާނެއްގައި ބުނެފައިވާގޮތުގައި ރައީސް އެގޮތަށް ނިންމެވީ އެކި އެކި ސަބަބުތަކާ ގުޅިގެން ސަރުކާރުން އެއް ރަށުން އަނެއް ރަށަށް ބަދަލުކުރާ މީހުންނަށް ދެމުންގެންދާ ފައިސާގެ އެހީ، ސުނާމީ ކާރިއާއާއި ގުޅިގެން މުންޑޫ އަދި ކަޅައިދޫން ބަދަލުވި އާއިލާތަކަށް ހަމަޖެހިފައިނުވާކަމުގެ ޝަކުވާ އެ އާއިލާތަކުން ހުށަހަޅަމުންގެންދާތީއެވެ

"އިނާޔަތަށް އެދި މި އިދާރާއަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލަމެވެ." ކައުންސިލްގެ އިއުލާނުގައި ބުނެފައިވެއެވެ.

އެ އިއުލާނުގައި އިތުރަށް ބުނެފައިވަނީ އިޔާޔަތަށް އެދި ހުށަހަޅާނީ އެ ގެއެއްގެ ވެރިފަރާތުން ކަމަށާއި ވެރިފަރާތް ދުނިޔޭގައި ނެތްނަމަ ނުވަތަ އެކަމަށް ނުކުޅެދޭނަމަ ވާރިސުންގެ ތެރެއިން ކޮންމެވެސް އެކަކަށް ހުށަހެޅޭނެ ކަމަށެވެ.

ހުށަހެޅުމުގެ ފުރުސަތު އޮންނާނީ 05 އޮކްޓޯބަރުން ފެށިގެން 21 އޮކްޓޯބަރުގެ ނިޔަލަށް ކަމުގައިވެސް އެ އިއުލާނުގައި ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް