ކުޅުދުއްފުށި ސިޓީގައި އެމްޓީސީސީއިން އާރްޓީއެލް ބަހުގެ ހިދުމަތް ތައާރަފްކޮށްފިއެވެ.
ރޭގައި އެ ސިޓީގައި ބޭއްވި ރަސްމިއްޔާތެއްގައި މި ހިދުމަތް އިފްތިތާހްކޮށްދެއްވީ ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ އާއި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމެވެ.
މިއަދުން ފެށިގެން ބަހުގެ ހިދުމަތުގެ އަޖުމަ ބެލުމުގެ ފޭޒްއެއް ކުރިއަށްދާނެކަމަށް އެމްޓީސީސީއިން ބުނެފައިވެއެވެ. އަދި މި މުއްދަތުގައި ކަސްޓަމަރުންނަށް ހިލޭ ދަތުރުކުރެވޭނެ ކަމުގައިވެސް އެމްޓީސީސީއިން ބުނެފައިވެއެވެ.
ކަސްޓަމަރުންގެ ފަރާތުން ލިބޭ ހިޔާލަށް ބެލުމަށްފަހު ކަންކަން އިތުރަށް ފުރިހަމަ ކުރުމުގެ ޔަގީންކަން އެމްޓީސީސީއިން އަރުވައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް