ޑިޕްލޮމެސީއަށް ޖާގަ ދިނުމަށް އީރާނުން ނިއުކްލިއާ ފިޔަވަޅެއް އަޅަން ޖެހޭ: އެމެރިކާ

އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އޭޖެންސީ (އައިއޭއީއޭ) އަށް އެއްބާރުލުން ދީގެން އެމެރިކާއާ އެކު ޑިޕްލޮމަސީއަށް ޖާގަ ދޭން ބޭނުންވާ ނަމަ އީރާނުން ނިއުކްލިއާ ޕްރޮގްރާމާ މެދު "ޑީ-އެސްކަލޭޓަރީ" ފިޔަވަޅެއް އަ...

28 Sep 2023 | 01:17

އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އޭޖެންސީ (އައިއޭއީއޭ) އަށް އެއްބާރުލުން ދީގެން އެމެރިކާއާ އެކު ޑިޕްލޮމަސީއަށް ޖާގަ ދޭން ބޭނުންވާ ނަމަ އީރާނުން ނިއުކްލިއާ ޕްރޮގްރާމާ މެދު "ޑީ-އެސްކަލޭޓަރީ" ފިޔަވަޅެއް އަޅަން ޖެހޭ ކަމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ބުނެފި އެވެ.

ބްރީފިންއެއްގައި ތަރުޖަމާނު މެޓް މިލާ މިހެން ވިދާޅުވެފައި މިވަނީ ފާއިތުވި ދުވަސްތަކުގައި އީރާނުން އީރާނާ ހަވާލުކުރާ އައިއޭއީއޭގެ ގިނަ އިންސްޕެކްޓަރުން ތަކެއް އެގައުމާ ހަވާލުކުރުން މަނާކޮށް، އީރާނުގެ އެޓޮމިކް ހަރަކާތްތައް ބެލެހެއްޓުމަށް އދ.ގެ ނިއުކްލިއާ ވޮޗްޑޮގުން ހުރަސް އެޅުމުން އެމެރިކާއިން އީރާނަށް ދަފަހަރު މަތިން ފާޑުކިޔާ ފައި ވަނިކޮށެވެ.

އީރާނުގެ ނިއުކްލިއާ ޕްރޮގްރާމަކީ ނިއުކްލިއާ ހަތިޔާރު އުފެއްދުމުގެ ކަވަރަކަށް ވެދާނެ ކަމުގެ ބިރު އެމެރިކާ އާއި ހުޅަނގުގެ ގިނަ ބައިވެރިން ދަނީ ފާޅުކުރަމުންނެވެ. އީރާނުން އެފަދަ އުންމީދުތަކެއް ގެންގުޅޭ ކަމަށް ދޮގުކުރެ އެވެ.

މިލާ ވިދާޅުވީ އީރާނުން ނުތަނަވަސްކަން ކުޑަކޮށް ޑިޕްލޮމެސީއަށް ޖާގަ އެއް ހޯދައިދޭން ބޭނުންވާނަމަ އީރާނުން ޑީ-އެސްކަލޭޓަރީ ފިޔަވަޅެއް އަޅަން ޖެހޭ ކަމަށެވެ.

"ފާއިތުވި ހަފުތާތަކުގެ ތެރޭގައި އަޅުގަނޑުމެންނަށް ފެނުނީ އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީގެ މަސައްކަތްތައް ކުރުމުގެ ގާބިލްކަން ގެއްލޭ ގޮތަށް އީރާނުން ފިޔަވަޅުތަކެއް އަޅާތަން،" މިލާ ވިދާޅުވި އެވެ. "އެހެންވީމަ އީރާނުން ހަގީގަތުގައި ވެސް އެސްކަލޭޓަރީ ޑި-އެސްކަލޭޓަރީ ފިޔަވަޅެއް އެޅުމުގައި ސީރިއަސްވެއްޖެ ނަމަ އެންމެ ފުރަތަމަ އެ ގައުމަށް (ކުރެވެން އޮތް) ކަމަކީ އައިއޭއީއޭ އަށް އެއްބާރުލުން ދިނުން."

ސީދާ ގޮތުން ވިޔަސް އަދި ނުސީދާ ގޮތުން ވިޔަސް އެމެރިކާ އާއި އީރާނުގެ މަޝްވަރާތައް އާކުރުމުގެ ފުރުސަތު އޮތް ފިޔަވަޅެއްގެ ގޮތުގައި އޭނާ ދައްކަވާ ފިޔަވަޅަކީ އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅުން ހުރި ފިޔަވަޅެއް ކަމަށް މިލާ ވިދާޅުވި ނަމަވެސް އިތުރު ތަފްސީލެއް ނުދެއްވަ އެވެ.

ނަމަވެސް ތެހެރާނާއެކު ސީދާ ގޮތުންނާއި ނުސީދާ ގޮތުން މަޝްވަރާކުރުމަށް ވޮޝިންޓަނުން އެއްބަސްވުމުގެ ކުރިން އެމެރިކާއިން އެދޭ މިފަދަ ހުރިހާ ފިޔަވަޅެއް އީރާނުން އަޅަން ޖެހޭނެ ކަމަށް ވިދާޅުވަނީތޯ ދެންނެވުމުން އޭނާ ވިދާޅުވީ "އަޅުގަނޑު މި ދަންނަވަނީ އެވާހަކައެއް ނޫން" ކަމަށެވެ.

އައިއޭއީއޭ އަކީ 2015 ވަނަ އަހަރު އީރާނުގެ ނިއުކްލިއާ އެއްބަސްވުމާ އެއްގޮތަށް އީރާނުން އަމަލުކޮށްފައިވާ މިންވަރު ދެނެގަތުމުގެ މަސްއޫލިއްޔަތު އަދާކުރާ ޖަމާއަތެއް ކަމަށާއި އެ އެއްބަސްވުމުގެ ދަށުން އެމެރިކާ އާއި ޔޫރަޕިއަން ޔޫނިއަން އަދި އދ.ގެ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއި ދިނުމުގެ ބަދަލުގައި އީރާނުން ނިއުކްލިއާ ޕްރޮގްރާމް ހުއްޓުވާފައިވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް