ޗަންދްރަޔާން-3 އަށް ކަނޑައެޅި ފަހުގެ ޕްލޭންތައް އިސްރޯގެ ވެރިޔާ ހާމަކުރައްވައިފި

ޗަންދުރަޔާން-3 ހަނދަށް ޖެއްސުމާއި އަދި ކާމިޔާބުކަމާއެކު 100 މީޓަރަށް ވުރެ ގިނަ އިން ދަތުރު ކުރިތާ މަހެއްހާ ދުވަސް ފަހުން، އިންޑިއަން ސްޕޭސް ރިސާޗް އޯގަނައިޒޭޝަން (އިސްރޯ) އިން އާ ޓާގެޓެއް ކަމަށްވާ ވީނ...

28 Sep 2023 | 01:12

ޗަންދުރަޔާން-3 ހަނދަށް ޖެއްސުމާއި އަދި ކާމިޔާބުކަމާއެކު 100 މީޓަރަށް ވުރެ ގިނަ އިން ދަތުރު ކުރިތާ މަހެއްހާ ދުވަސް ފަހުން، އިންޑިއަން ސްޕޭސް ރިސާޗް އޯގަނައިޒޭޝަން (އިސްރޯ) އިން އާ ޓާގެޓެއް ކަމަށްވާ ވީނަސް އަށް ނަޒަރު ހިންގައިފި އެވެ.

އަޅުގަނޑުމެންގެ ސޯލާ ސިސްޓަމްގެ އެންމެ އަލިގަދަ ޕްލެނެޓް ކަމަށްވާ ވީނަސްއަށް އިންޑިއާއިން ކުރާ މިޝަން ކޮންފިގަރ ކުރެވިފައިވާކަން އިސްރޯގެ ޗީފް އެސް ސޯމްނާތު ކަށަވަރުކޮށްދެއްވައިފިއެވެ.

މި މިޝަންގެ ޕެލޯޑްތައް މިހާރު ވެސް ތަރައްގީކޮށްފައިވާއިރު، މިއީ އިންޑިއާގެ ޖައްވީ ތަހުލީލުތަކަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ. އިންޑިއާގެ ޖައްވީ އިދާރާގެ ވެރިޔާ ވަނީ ދިއްލީގައި ހުންނަ އިންޑިއަން ނޭޝަނަލް ސައިންސް އެކަޑަމީއާ މުހާތަބު ކުރައްވައި ވާހަކަފުޅު ދައްކަވާފަ އެވެ.

ސަންސްކްރިތު ލަފުޒުތައް ކަމަށްވާ ޝުކްރާ (ވީނަސް) އާއި ޔާނާ (ކްރާފްޓް، ވެހިކަލް) އިން ނުރަސްމީކޮށް ޝުކްރަޔާންގެ ނަމުން ނަން ދީފައިވާ މި މިޝަން ކުރިއަށް އޮތް އަހަރުތަކުގައި ލޯންޗް ކުރާނެ ކަމަށް ބެލެވެ އެވެ.

މި މިޝަންގެ މައިގަނޑު އަމާޒަކީ ވީނަސްގެ ސަރަޙައްދާއި ޖައްވު ދިރާސާކުރުމެވެ. ވީނަސްއަށް ކުރާ އެޓްމޮސްފިރިކް ޕްރެޝަރު ދުނިޔެއަށް ވުރެ ގާތްގަނޑަކަށް 100 ގުނަ އިތުރުވެފައިވާއިރު، މިއީ އެކްސްޕްލޮރޭޝަނަށް ގޮންޖެހުންބޮޑު މާހައުލެކެވެ.

ވީނަސް ދެނެގަތުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން އިސްރޯޗީފް ވިދާޅުވީ ވީނަސްއަކީ ވަރަށް ޝައުގުވެރި ޕްލެނެޓެއް ކަމަށެވެ. އެތަނުގެ ޖައްވު ވެސް އެހާ ބޮޑެވެ. ނަމަވެސް ވީނަސް ގެ ސާފަސްއަށް ސީދާ ނުވަދެވޭނެއެވެ. އަދި އޭގެ ސާފަސް ހަރު ކަމެއް ނުވަތަ ނޫންކަމެއް ވެސް ނޭނގެއެވެ.

ވީނަސް ސްޓަޑީކޮށްލުމުން އަމިއްލަ ޕްލެނެޓްގެ މުސްތަގުބަލާ ބެހޭ ގޮތުން ވަރަށް މުހިންމު މައުލޫމާތުތަކެއް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. "ދުނިޔެ އަކީ އެއްދުވަހަކުން ވީނަސް ކަމަށްވެސް ވެދާނެ".

ވީނަސް އޯބިޓާ މިޝަން ކުރިއަށް ދާނީ 2030 ގެ އަހަރުތަކުގައި ނާސާ އާއި ޔޫރަޕިއަން ސްޕޭސް އެޖެންސީ (އީއެސްއޭ) ގުޅިގެން ވީނަސްއަށް ކުރަން ރާވާފައިވާ ބައިނަލްއަގުވާމީ އެހެން މިޝަންތަކުގެ ފަހަތުންނެވެ.

މި މިޝަންތަކުގެ އަމާޒަކީ އެޓްމޮސްފެރިކް ޑިސެންޓްގެ މައުލޫމާތު އެއްކޮށް، ޕްލެނެޓްގެ އޯބިޓަލް އޮބްޒަވޭޝަންތައް ހިންގުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް