ކަރަބާޚް މައްސަލަ އަށްފަހު އަޒަރުބައިޖާނާ މެދު ހުޅަނގުގެ ގައުމުތަކުން ފިޔަވަޅު އަޅައިފާނެ

ކަރަބާޚް މައްސަލަ އަށްފަހު އަޒަރުބައިޖާނާ މެދު ހުޅަނގުގެ ގައުމުތަކުން ދަތިކުރުމުގެ ފިޔަވަޅު އަޅައިފާނެކަމަށް ބައެއް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ. އިތުބާރު ހިފޭ ސެކިއުރިޓީ ޕާޓްނަރެއްގެ ގޮތުގައި އަދި ދަ...

28 Sep 2023 | 01:05

ކަރަބާޚް މައްސަލަ އަށްފަހު އަޒަރުބައިޖާނާ މެދު ހުޅަނގުގެ ގައުމުތަކުން ދަތިކުރުމުގެ ފިޔަވަޅު އަޅައިފާނެކަމަށް ބައެއް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

އިތުބާރު ހިފޭ ސެކިއުރިޓީ ޕާޓްނަރެއްގެ ގޮތުގައި އަދި ދަތުރުފަތުރުގެ މުހިންމު ހަބެއްގެ ގޮތުގައި އެތައް އަހަރެއް ވަންދެން އިޝްތިހާރު ކުރުމަށް ފަހު އީޔޫ އާއި އެމެރިކާގެ ނުރުހުން ބާކޫއަށް ވަނީ އަމާޒުވެފަ އެވެ.

ކަރަބާޚް އަރުމީނިއާގެ އެތައް ހާސް ބަޔަކު އެމީހުންގެ ގެދޮރު ދޫކޮށް ހިޖުރަކުރަން މަޖުބޫރުވެފައިވާ މަންޒަރު ފެންނަ ޑްރާމެޓިކް ފޮޓޯތައް އާންމުވަމުން އަންނައިރު، ހުޅަނގުގެ ބައެއް މީހުން ދަނީ އަޒަރުބައިޖާނާ އެކު އޮންނަ ގުޅުމާ މެދު އަލުން ވިސްނަން ފަށައިފަ އެވެ.

ހުނަރުވެރި ޑިޕްލޮމެސީ އާއި ލޮބީގެ މިކްސްޗާގެ ޒަރިއްޔާއިން ވަސީލަތްތައް މުއްސަނދި ވެފައިވާ މި ގައުމުން ވަނީ އިތުބާރު ހިފޭ ސެކިއުރިޓީ ޕާޓްނަރެއްގެ ގޮތުގައި އަދި މުހިންމު ޓްރާންސްޕޯޓް ހަބެއްގެ ގޮތުގައި އިނގިރޭސިވިލާތާއި އީޔޫގައި އެތައް އަހަރެއް ވަންދެން ޕްރޮމޯޓްކޮށްފަ އެވެ.

ނަމަވެސް ނަގޯނޯ ކަރަބާޚްގައި އަސްކަރީ ޙަމަލާއެއް ފަށައި، ރެފިއުޖީން އެ ސަރަޙައްދުން ފޭބުމާގުޅިގެން އިންސާނީ ކާރިސާއެއް އުފައްދައި، އަޒަރުބައިޖާންގެ ރައީސް އިލްހާމް އަލިޔޭވް އަށް ވަނީ އީޔޫ އާއި އެމެރިކާގެ ނުރުހުން ލިބިފައެވެ.

ބަކޫގައި ހުންނަ ހުޅަނގުގެ އިސް ޑިޕްލޮމެޓަކު ވިދާޅުވި ގޮތުގައި "އަޒަރުބައިޖާނާއެކު އާދަޔާ ޚިލާފަށް ކުރިއަށް ދިއުމަކީ އަޅުގަނޑުމެންނަށް އުނދަގޫ ކަމަކަށް ވާނެ."

މިދިޔަ ހަފުތާގައި އދ.ގައި ޖަރުމަނުގެ ޚާރިޖީ ވަޒީރު އެނާލީނާ ބެއާބޮކް ވަނީ ބާކޫ "ބާރުގެ ބޭނުން ނުކުރުމަށް ތަކުރާރުކޮށް ދެމުން އައި ޔަގީންކަން މުގުރާލައި، މިހާރުވެސް ހާލުގައި ޖެހިފައިވާ އާބާދީއަކަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ" ކަމަށް ތުހުމަތު ކުރައްވާފައެވެ. ފަރަންސޭސި ރައީސް އިމަނުއެލް މެކްރޮން ވިދާޅުވީ އަޒަރުބައިޖާންގެ ކަމާބެހޭ ފަރާތްތަކުން ތިބީ އެއްވެސް ހުރަހެއް ނެތި ކަމަށެވެ.

"އަޒަރުބައިޖާނުން ބާރުގެ ބޭނުން ކުރުމުން ބްރަސެލްސް އާއި ވޮޝިންޓަންގެ ގިނަ ބަޔަކު ހައިރާންވެ ޚިޔާނާތްތެރިވެއްޖެ،" ކާނެގީ ޔޫރަޕް ތިންކްޓޭންކްގެ ސީނިއާ ފެލޯ ތޯމަސް ޑި ވާލް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ހުޅަނގުގެ އޮފިޝަލުން ގަބޫލުކުރާ ގޮތުގައި އެ ސަރަހައްދުގައި ހަރަކާތްތެރިވާ ރަޝިއާގެ 2000 ސުލްހަ ބަލަހައްޓާ ސިފައިންގެ އަމަލުތަކުން ދޭހަވަނީ މޮސްކޯ އާއި ބަކޫއާ ދެމެދު ސައިޑް އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށާއި އެ ދެ ބޭފުޅުން ވެސް ވަނީ ހަނގުރާމައިގެ ޒިންމާ އަރުމޭނިއާގެ ބޮޑުވަޒީރު ނިކޯލް ޕަޝިންޔަން އާއި ހުޅަނގަށް ތާއީދު ކުރާ ޕިވޮޓް ގެ ބޮލުގައި އަޅުވާފައި ކަމަށެވެ.

ޑި ވާލް ވިދާޅުވި ގޮތުގައި ހަމަނުޖެހުންތައް ހައްލު ކުރަން ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރި ނަމަވެސް ހުޅަނގު ވަނީ ނިކަމެތިވެފަ އެވެ.

ޔޫރަޕުގައި ނުފޫޒު ގަތުމަށް ނަގުދު ފައިސާ އާއި ހަދިޔާ ބޭނުންކުރުން: ބަކޫ އަކީ އެސްއޯ "ކެވިއާ ޑިޕްލޮމަސީ" ބޭނުންކުރާ މީހެއް ކަމަށް އެތައް އަހަރެއް ވަންދެން ބުނަމުން ދެ އެވެ.

ޔޫރަޕްގެ ސަޕޯޓަރުންނާއި ލޮބިސްޓުންނާއި ސިޔާސީ ފަރާތްތަކަށް ފައިސާ ދެއްކުމަށާއި ލަގްޒަރީ މުދަލާއި ހިދުމަތްތައް ގަތުމަށާއި އަޒަރުބައިޖާންގެ އިއްޒަތްތެރިންނަށް ފައިސާ ލޯންޑާ ކުރުމަށް އިނގިރޭސިވިލާތުގެ ސިއްރު ކުންފުނިތަކުގެ ނެޓްވޯކެއް މެދުވެރިކޮށް އަޒަރުބައިޖާނުން ގާތްގަނޑަކަށް 2.9 ބިލިއަން ޑޮލަރު ގައުމުން ބޭރުކުރި ގޮތް ގާޑިއަން އިން މީގެ ކުރިން ވަނީ ހާމަކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް