ދަ ޑިމޮކްރެޓްސްއަށް ނިސްބަތްވެވަޑައިގަންނަވާ ހިތަދޫ މެދު ދާއިރާގެ މަޖިލިސް މެމްބަރު އަހުމަދު ރަޝީދު، ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއަށް ތާއީދު ކުރައްވަން ނިންމަވައިފިއެވެ.
ޑރ. މުއިއްޒުއަށް ތާއީދު ކުރައްވާކަން ހަމާކޮށް، ރަޝީދު ވަނީ މުއިއްޒު އައްޑޫއަށް ވަޑައިގެންނެވުމުން މަރުހަބާ ދަންނަވަން ވަޑައިގަންނަވާފައެވެ.
ޑިމޮކްރެޓްސްއިން ނިންމާފައި ވަނީ، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެމްޑީޕީ އަދި ޕީޕީއެމްގެ ފަހަތަށްވެސް ނޭރުމަށެވެ. ނަމަވެސް ޑިމޮކްރެޓްސްއަށް ނިސްބަތްވާ އާއްމު ބައެއް މެމްބަރުން ދަނީ ދެވަނަ ބުރުގައި ތާއީދު ކުރާނެ ފާޓީ އާއްމުކޮށް އިއުލާނު ކުރަމުންނެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަބުރުގެ ވޯޓުލުން އޮންނާނީ އަންނަ ހޮނިހިރު ދުވަހުއެވެ. ވާދަ ކުރައްވާނީ ސަރުކާރު ހިންގާ ކޯލިޝަން، އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް