އިންޑިއާ ފޯކަށް ޖެހިދާނެތީ ބޫޓާނުން އެތެރެކުރަން ފަށަނީ !

އިންޑިއާއަށް ފެން ފޯއް އިމްޕޯޓް ކުރަން ކުރިން ކަނޑައަޅާއި އޮންނަ "މިނިމަމް އިމްޕޯޓް ޕްރައިސް" ގެ އިން އުވާލައި އަހަރަކު 17 ހާސް ޓަނު ފޯއް ބޫޓާނުން އެތެރެ ކުރުމުގެ ހުއްދަ އިންޑިއާ ސަރުކާރުން ދޭން ނިންމ...

28 Sep 2022 | 18:09

އިންޑިއާއަށް ފެން ފޯއް އިމްޕޯޓް ކުރަން ކުރިން ކަނޑައަޅާއި އޮންނަ "މިނިމަމް އިމްޕޯޓް ޕްރައިސް" ގެ އިން އުވާލައި އަހަރަކު 17 ހާސް ޓަނު ފޯއް ބޫޓާނުން އެތެރެ ކުރުމުގެ ހުއްދަ އިންޑިއާ ސަރުކާރުން ދޭން ނިންމައިފިއެވެ.

މި ނިންމުން އިންޑިއާއިން ނިންމާފައިމިވަނީ އިންޑިއާއިން އެކްސްޕޯޓް ކުރާ ހިކި އަދި ދޮން ފޯއް ބޭރުކުރާ އަދަދު ގިނަވެ ޑިމާންޑާއި ސަޕްލައި އާ ނުބައްދަލުވާން ފެށުމުންކަމަށް އިންޑިއާގެ ބައެއް މީޑިއާތަކުގައި ރިޕޯޓްކޮށްފައިވެއެވެ.

މީގެ ކުރިން ބޫޓާނުން ފެން ފޯއް އެތެރެކުރާނަމަ "މިނިމަމް އިމްޕޯޓް ޕްރައިސް" އެއްގެ ގޮތުގައި ކިލޯއަކަށް އިންޑިއާ ރުޕީސްގެ 251 ރުޕީސް ކަނޑައަޅާފައި އޮވެއެވެ. ނަމަވެސް މިއަދުން ފެށިގެން މި ގެނައި ބަދަލާއެކު އެ މިން ވަނީ އުވާލާފައެވެ. ނަމަވެސް އަހަރަކު އެތެރެކުރާނީ ގިނަވެގެން 17 ހާސް ޓަނުގެ ފެން ފޯއްކަމުގައި ކަނޑައަޅާފައިވެއެވެ.

2017 ގައި ބޫޓާނުން ފެން ފޯއް އެތެރެކުރުމުގައި "މިނިމަމް އިމްޕޯޓް ޕްރައިސް" އެއް ކަނޑައެޅީ އިންޑިއާގައި ފެން ފޯއް ހައްދާ ދަނޑުވެރިންނަށް ވިޔަފާރީގެ ފުރުސަތުތައް އިތުރަށް ފަހިކޮށްދީ މާކެޓް އެހެން ބައެއްގެ އަތްދަށަށް ދިޔަ ނުދިނުމަށެވެ.

އިންޑިއާގައި އެންމެ ގިނައިން ފެން ފޯއް ހައްދަނީ ކަރްނާޓަކާގައެވެ. ދެވަނައަށް ކެރެލާގައެވެ. އަދި ތިންވަނައަށް އައްސާމްގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް