ފުވައްމުލައް ސިޓީން ފެން ހިންދުމުގައި މުވައްސަސާތަކުން އެހީތެރިކަން ފޯރުކޮށްދީފި

ބޯކޮށް ވާރޭވެހި ފުވައްމުލައް ސިޓީގައި ބޮޑުވި، ފެން ހިންދުމުގައި މުވައްސަސާތަކުން އެހީތެރިކަން ފޯރުކޮށްދީފިއެވެ. އެގޮތުން ފުވައްމުލައް ސިޓީ ކައުންސިލުން ބުނެފައިވަނީ އެ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސ...

28 Sep 2022 | 17:52

ބޯކޮށް ވާރޭވެހި ފުވައްމުލައް ސިޓީގައި ބޮޑުވި، ފެން ހިންދުމުގައި މުވައްސަސާތަކުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

އެގޮތުން ފުވައްމުލައް ސިޓީ ކައުންސިލުން ބުނެފައިވަނީ އެ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގާ ފެންބޮޑުވުމާއި ގުޅިގެން ފެން ހިއްކުމުގެ މަސައްކަތުގައި ސިޓީ ކައުންސިލް، އެމްޓީސީސީ އަދި އެމްއެންޑީއެފް ފަޔަރ ސާވިސް އިން ގުޅިގެން، ފެން ބޮޑުވެފައިވާ ސަރަހައްދުތަކުގައި ޕަމްޕު ބަހައްޓައި ފެން ހިންދުމުގެ މަސައްކަތް ދަނީ ކުރެވެމުން ކަމަށެވެ.

މި މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދެމުން އަންނަ އެމްއެންޑީއެފުން ބުނެފައިވަނީ ވިއްސާރަވެ، ބޯކޮށް ވާރޭވެހުމުގެ ސަބަބުން، ޏ.ފުވައްމުލަކު ސިޓީ، މިސްކިތްމަގު އަވަށުގައި ފެންބޮޑުވެފައިވާ ސަރަހައްދުތަކުގައި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ޏ.ފުވައްމުލަކު ފަޔަރ ސްޓޭޝަނުން، ފެން ހިއްކުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ.

މިސްކިތްމަގުގެ ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވެ، ބައެއް ދުއްވާ އެއްޗެއްސަށާއި، ހިނގާބިނގާވެ އުޅޭ މީހުންނަށް އުނދަގޫތައް ދިމާވަމުންދާތީ، އެ ސަރަހައްދުން ފެން ހިއްކުމަށް ސިފައިންގެ އެހީތެރިކަމަށް އެދުމާ ގުޅިގެން އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ޏ.ފުވައްމުލަކު ފަޔަރ ސްޓޭޝަންގެ ސިފައިން އެ ސަރަހައްދަށް ގޮސް، މިއަދުގެ 13:00 ހާއިރުން ފެށިގެން އެ ސަރަހައްދުން ފެން ހިއްކުމުގެ މަސައްކަތް ދަނީ ކުރަމުން ކަމުގައި އެމްއެންޑީއެފުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް