މާ ގިނައިން ހުދުހަނޑުލު ބަތް ކާނަމަ ހިތުގެ ބަލިތައް ޖެހުމަށް މެދުވެރިވޭ - ދިރާސާ

އެންމެ ގިނައިން ހުދު ހަނޑުލުގެ ބަތް ކާ އެއްބަޔަކީ އެމެރިކާ މީހުންކަމުގައި ދިރާސާތަކުން ދައްކައެވެ. އަދި އެންމެ ގިނައިން ހިތުގެ ބަލިތަކާއި ހަކުރު ބައްޔަށް ފަރުވާ ހޯދާ މީހުންވެސް ގިނަ އަދަދަކަށް އެމެރިކ...

28 Sep 2022 | 11:58

އެންމެ ގިނައިން ހުދު ހަނޑުލުގެ ބަތް ކާ އެއްބަޔަކީ އެމެރިކާ މީހުންކަމުގައި ދިރާސާތަކުން ދައްކައެވެ. އަދި އެންމެ ގިނައިން ހިތުގެ ބަލިތަކާއި ހަކުރު ބައްޔަށް ފަރުވާ ހޯދާ މީހުންވެސް ގިނަ އަދަދަކަށް އެމެރިކާގައި އުޅޭކަމަށް ހޯދުންތަކުން ދައްކައެވެ. އެގޮތުން އެމެރިކާގެ އާބާދީގެ 30 އިން ސައްތަ މީހުން ކޮންމެ ދުވަހަކުވެސް ހިތުގެ ބަލިތަކަށާއި ހަކުރުބަލިތަކަށް ފަރުވާ ހޯދަމުން އަންނަކަމަށް ވެސް ދިރާސާ ރިޕޯޓުގައިވެއެވެ.

އެމެރިކާގެ ޑިޕާޓްމަންޓް އޮފް އެގްރިކަލްޗަރަލް ރިސާޗް ސާވިސް ޔޫއެސްޑީއޭގެ ހޯދުމެެއްގައި ވާގޮތުން ހުދު ހަނޑުލަކީ ގިނައިން ކެއުމަށް އެއްގޮތަކަށް ވެސް ބޭނުން ކުރުންް ކަމުދާ ބާވަތެއް ނޫނެވެ. މާ ގިނައިން ހުދު ހަނޑުލު ބަތް ކާނަމަ އިންސާނުންގެ ސިއްޚަތައް ނުރައްކާވެއެވެ. އެގޮތުން މާ ގިނައިން ހުދު ހަނޑުލު ބަތް ކާނަމަ ހިތުގެ ބަލިތައް ޖެހުމަށް މެދުވެރިވުމާއި ހަކުރުބަލ،ި ފަދަ ބަލިތައް ޖެހުމަށް މެދުވެރިވެއެވެ.

ކައްކާފައި ހުންނަ ހުދު ހަނޑުލުު ބަތް ޖޯޑެއްގައިވެސް 53 ގުރާމް ކާބޯހައިޑްރޭޓްސް، 2 ގުރާމް ކެލްސިއަމް، 2.72 ގުރާމް އަޔަން އަދި 15 ގުރާމް މެގްނީޒިއަމް އަދި 4.39 ގުރާމް ޕްރޮޓީންގެ އިތުރުން 242 ކެލޮޜިސް ހުންނަކަމަށް ދިރާސާ ރިޕޯޓުގައި ބުނެފައިވެއެވެ. ނަމަވެސް ފޮލޭޓް އަދި ތިއަމައިން ފަދަ ވިޓަމިން އެކުލެވޭ މާއްދާތަކުގެ އިތުރުން މިނެޜަލްސް ފަދަ މާއްދާތައް މަދުން އެކުލެވިގެން ވީ ނަމަވެސް ވިޓަމިން ސީ، ވިޓަމިން ޑީ، އަދި ވިޓަމިން އޭ ފަދަ މާއްދާތައް އެއްވެސް ވަރަކަށް ހުދު ހަނޑުލުގައި އެކުލެވިގެން ނުވެއެވެ. އެހެން ކަމުން ހުދު ހަނޑުލު ބަތަކީ ގިނައިން ކެއުމަށް އެއްގޮތަކަށް ވެސް ރަނގަޅު އެއްޗަކަށް ނުވެއެވެ.

ޚާއްސަކޮށް ޝޯޓްގްރެއިން ރައިސް ނުވަތަ ފުއްކުދި ފަލަކޮށް ހުންނަ ހަނޑުލުގެ ބަތަކީ ސިއްޚަތަށް ވަކިން ނުރައްކާތެރިކަން ބޮޑު އެއްޗެކެވެ. އެމެރިކާ އަކީ އެންމެ ގިނައިން މިބާވަތުގެ ހަނޑު ބޭނުން ކުރާ ގައުމަށް ވާއިރު، މީގެ އަސަރު އެންމެ ބޮޑަށް ކުރާ މީހުންވެސް ގިނައީ އެމެރިކާގައި ކަމަށް ދިރާސާ ހޯދުމުގައި ބުނެފައިވެއެވެ.

ބީއެމްސީ ޕަބްލިކް ހެލްތް އިން 2017 ވަނަ އަހަރު އާންމުކުރި ދިރާސާ ރިޕޯޓެއްގައި ވާ ގޮތުން ކޮންމެ ދުވަހަކު ހުދު ހަނޑު ބޭނުން ކުރާ މީހުންނަށް ޓައިޕް ޓޫ ޑައިބެޓިކްސް (ހަކުރުބަލީގެ ބާވަތެއް) ޖެހުމުގެ ފުރުސަތު ބޮޑެވެ. އަދި ހަމަ މިއާއި އެކު ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތުވެސް ބޮޑުކަމަށް މި ދިރާސާގައި ބުނެފައިވެއެވެ.

ހަނޑުލުގެ ބާވަތްތަކުގެ ތެރެއިން ބޭނުން ކުރުމަށް އެންމެ އެކަށީގެން ވާ ބާވަތަކީ ބްރައުން ރައިސް ކަމަށް ވެސް މި ދިރާސާގައި ބުނެފައިވެއެވެ. އެގޮތުން ވައިޓް ރައިސްގައި ކާބޯހައިޑްރޭޓްސް އިންތިހާއަށް އެކުލެވިގެންވާއިރު، ބްރައުން ރައީސްގައި ނިއުޓްރިއެއްންޓްސްގެ މާއްދާތައް ގިނަ އަދަދަކަށް އެކުލެވިގެންވާކަމަށް ރިޕޯޓުގައި ވަނީ ބުނެފައެވެ. އެހެން ކަމުން އެންމެ ރަނގަޅި ބްރައުން ރައިސް ބޭނުން ކުރުންކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް