އުރީދޫ ކްލަބް ޕްރިމިއާ ކަސްޓަމަރުންނަށް އައިކެއާއިން ލޮލުގެ ނަންބަރު ނެގުން ހިލޭ

އުރީދޫ ކްލަބް ޕްރިމިއާ ކަސްޓަމަރުންނަށް އައިކެއާ އޮޕްޓިކަލްސްއިން ލޮލުގެ ނަމްބަރު ހިލޭ ނެގޭ ޕްރޮމޯޝަނެއް ފަށައިފި އެވެ. އުރީދޫއިން ބުނީ މި ޕްރޮމޯޝަންގައި ނަމްބަރު ނެގުމުގެ އިތުރުން ލޮލުގައި އެއްވެސް މ...

28 Sep 2022 | 11:11

އުރީދޫ ކްލަބް ޕްރިމިއާ ކަސްޓަމަރުންނަށް އައިކެއާ އޮޕްޓިކަލްސްއިން ލޮލުގެ ނަމްބަރު ހިލޭ ނެގޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

އުރީދޫއިން ބުނީ މި ޕްރޮމޯޝަންގައި ނަމްބަރު ނެގުމުގެ އިތުރުން ލޮލުގައި އެއްވެސް މައްސަލައެއް ހުރިތޯވެސް ޕްރިމިއާ ކަސްޓަމަރުންނަށް ބަލާލެވޭނެ ކަމަށެވެ. މި ދެ ހިދުމަތްވެސް ލިބޭނީ ހިލޭ އެވެ.

މި ޕްރޮމޯޝަން ކުރިޔަށް ދާނީ މިމަހުގެ 26 ން އަންނަ މަހުގެ ދެ ވަނަ ދުވަހުގެ ނިޔަލަށެވެ.

އުރީދޫ ކްލަބް ޕްރިމިއާގައި ހިމެނޭ މެމްބަރުންނަކީ އެ ކުންފުނީގެ އެންމެ އަގުހުރި ކަސްޓަމަރުންނެވެ.

މި ކްލަބަށް ވަދެވޭނީ އުރީދޫން ކަނޑައަޅާ ޝަރުތުތައް ފުރިހަމަވާ ކަސްޓަމަރުންނަށް އެ ކުންފުނިން ދޭ ދައުވަތަކުންނެވެ. ދައުވަތު ދިނުމުގައި އުރީދޫގެ ނެޓްވޯކުގައި ހޭދަކުރާ މުއްދަތާއި ބޭނުންކުރާ މިންވަރު އަދި ބިލަށް ފައިސާ ދެއްކުން ފަދަ ކަންކަމަށް ބަލައެވެ.

މި ކްލަބުގެ މެމްބަރުންނަށް ހާއްސަ އޮފާތަކާއި ޕްރޮމޯޝަންތައް އުރީދޫން ކުރިއަށްގެންދެ އެވެ. އަދި އުރީދޫއާއި އެކު އެއްބަސްވުން ހަދާފައިވާ އެކި ވިޔަފާރިތަކުން މެމްބަރުންނަށް ޑިސްކައުންޓް ލިބެ އެވެ.

މީގެ އިތުރުން މެމްބަރުންނަށް ހިލޭ ލައިފް އިންޝުއަރެންސް ލިބޭނެ ގޮތްވެސް އުރީދޫއިން ހަމަޖައްސައިދެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް