ހައްދުންމަތީ އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެންބާއްވާ ލާމަސީލު ލާމު އަތޮޅު ޤުރުއާން ކިޔެވުމުގެ 12ވަނަ މުބާރާތް ފެށިގެން ކުރިއަށް އެބަދެއެވެ.
ލ. ގަމު އިހައްދޫ ސްކޫލުގައި ކުރިއަށްދާ މި މުބާރާތުގައި އަތޮޅުގެ 13 ސުލޫކުގެ ތެރެއިން 12 ސުކޫލަމުން 146 ދަރިވަރުން ވާދަކުރެއެވެ. މި މުބާރާތުގައި ދަރިވަރުން ބައިވެރިކޮށްފައިވަނީ އިސްދޫ ސްކޫލު، އިސްދޫ ކަލައިދޫ ސްކޫލް، ދަނބިދޫ ސްކޫލް، ލ.އަތޮޅު މަދަރުސާ، އިހައްދޫ ސްކޫލް، ހަމަދު ސްކޫލް، މުކުރިމަގު ސްކޫލް، ލ.އަތޮޅު ތަޢުލީމީ މަރުކަޒު، މާވަށު ސްކޫލް، މާމެންދޫ ސްކޫލް، ހިތަދޫ ސްކޫލުގެ އިތުރުން ކުނަހަންދޫ ސްކޫލުންނެވެ. މި މަހު 27 އޮކްޓޫބަރު 1 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދެވޭ މި މުބާރާތުގެ ނަތީޖާ ފާޅުކުރުން އޮންނާނީ އޮކްޓޫބަރު 1 ވަނަ ދުވަހު ހެނދުނުއެވެ.
މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި އަތޮޅު ކައުންސިލުގެ ރައީސް އިސްމާޢީލް ޢަލީ ވިދާޅުވެލެއްވީ މި މުބާރާތަކީ އަތޮޅުގެ ދަރިވަރުންގެ ހިތްތަކުގައި ކީރިތި ޤުރުއާނަށް ލޯބިޖައްސާ ޤުރުއާނުގެ އިލްމު އުނގަންނައިދިނުމުގެ މަޤުސަދުގައި ބާއްވާ މުބާރާތެއްކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް