އަޅުގަނޑުގެ ވެރިކަމެއްގައި ތިބޭނީ އެކި ދަރަޖައިގެ ކަތީބުން: ޖާބިރު

އަޅުގަނޑުގެ ވެރިކަމެއްގައި ތިބޭނީ އެކި ދަރަޖައިގެ ކަތީބުން ކަމަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެ އެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ގައި ވާހަކަ ދައްކަވަމުން ޖާބިރު ވަނ...

28 Sep 2022 | 08:18

އަޅުގަނޑުގެ ވެރިކަމެއްގައި ތިބޭނީ އެކި ދަރަޖައިގެ ކަތީބުން ކަމަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ގައި ވާހަކަ ދައްކަވަމުން ޖާބިރު ވަނީ ރާއްޖެއަށް ކަމުދަނީ ބަރުލަމާނީ ނިޒާމުކަމަށް ނިސްބަތްވާ މޭރުމުން ވާހަކަ ދައްކަވާފަ އެވެ.

އެގޮތުން ރާއްޖެއަށް ބަރުލަމާނީ ނިޒާމު ގެނައުމަށް ރައީސް ޔާމީނާއި ރައީސް ނަޝީދާ އަދި އެހެނިހެން ބައެއް ފަރާތްތައް ވެސް އެއްބަސްވުމަކަށް އައިސްފައިވާ ކަމަށާއި އެކަން އެގޮތަށް ކުރުމަށް ތައްޔާރުވަމުން އަންނަކަމަށް ޖާބިރު ވިދާޅުވި އެވެ.

މީގެ އިތުރުން ގާސިމް އިބްރާހިމްއަކީ ރާއްޖޭގެ ބަރުލަމާނީގެ ފުރަތަމަ ބޮޑުވަޒީރުކަމަށް ހައްދަވާނެ ކަމަށާއި ގާސިމް އާ ވެސް އެވާހަކަ ދައްކަވާފައިވާ ކަމަށް ވެސް ޖާބިރު ވިދާޅުވި އެވެ.

ޖާބިރު ވިދާޅުވީ ގާސިމް އަށް ބޮޑުވަޒީރުކަން ދެއްވަނީ ކޯލިޝަނުން ވަކި ނުވެވޭފަދަ ގޮތަކަށް ކަމަށާއި އެގޮތުން ދެތިން ފަޅުރަށާއި އެހެނިހެން ކަންކަން ކޮށްދިނުމުން ކޯލިޝަންގައި ގާސިމް ހުންނަވާނެ ކަމަށެވެ.

"ދަންނަވަންތޯ އަޅުގަނޑުގެ ވެރިކަމެއްގައި ރަށްރަށުގައި ތިބޭނީ ކަތީބުން. ދެން މާލޭގައި އޮންނާނީ މި މަޖިލިސް. ރަށްރަށުގައި ކުޑަ، ބޮޑު، މެދު މިހެންގޮސް އެކި ވަރުގެ ކަތީބުން ތިއްބަވާނީ. ދެން މަދުވާނީ އަބްދުﷲ ހަމީދު ނޫންތޯ." ޖާބިރު ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް