ބޮލީވުޑްގެ ބަތަލާ ދީޕިކާ ޕަދުކޯންއަށް ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.
މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި އޭނާ އެޑްމިޓް ކުރީ އިއްޔެ ރޭ މުމްބާއީގެ ބްރީޗް ކޭންޑީ ހޮސްޕިޓަލްގައި އެވެ. ކުއްލި ގޮތަކަށް އޭނާ ހޮސްޕިޓަލަށް ގެންދިޔައީ އެތެރެ ހައްޓަށް އުނދަގޫތަކެއް ވާތީ ކަމަށް މައުލޫމާތު ލިބެ އެވެ.
އޭނާ ހޮސްޕިޓަލުން ދޫކޮށްލި ކަމެއް އަދި ނޭނގެ އެވެ. އެކަމަކު އެޑްމިޓް ކުރި ފަހުން ގިނަ ޓެސްޓުތަކެއް ހަދާފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
ދީޕިކާގެ ސިއްހީ ހާލަތާއި ގުޅޭގޮތުން އޭނާގެ ޓީމުން އެއްވެސް މައުލޫމާތެއް ހާމައެއް ނުކުރެ އެވެ.
ދީޕިކާއަށް މިދިޔަ ޖޫން މަހުވެސް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދީފައިވެ އެވެ. އެ ފަހަރު އެޑްމިޓް ކުރީ "ޕްރޮޖެކްޓް ކޭ"ގެ ޝޫޓިން ތެރޭގައި އުޅެނިކޮށް ބަލިވެގެންނެވެ.
ދީޕިކާގެ ފިލްމީ މަސައްކަތަށް ބަލައިރު އޭނާ މިހާރު ޝޫޓިން ފަށައިގެން އުޅެނީ ފިލްމު "ޕަތާން" ގެ އެވެ. އެ ފިލްމުގައި އޭނާ ފެނިގެންދާނީ ޝަހްރުކް ހާނާއި އެކު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް