ސައުދީ ކެބިނެޓަށް ބަދަލުތަކެއް، ވަލީއަހުދު މުހައްމަދު ބޮޑުވަޒީރު ކަމަށް

ސައުދީ އަރަބިއްޔާގެ ބޮޑޫވަޒީރު ކަމަށް ވަލީ އަހުދު މުުހައްމަދު ބިން ސަލްމާން އައްޔަންކޮށް ކެބިނެޓަށް ބަދަލުތަކެއް ގެނެސްފި އެވެ. މިހާތަނަށް މުހައްމަދު ހުންނެވީ އެ ގައުމުގެ ޑިފެންސް މިނިސްޓަރަކަށެވެ. އަ...

28 Sep 2022 | 07:07

ސައުދީ އަރަބިއްޔާގެ ބޮޑޫވަޒީރު ކަމަށް ވަލީ އަހުދު މުުހައްމަދު ބިން ސަލްމާން އައްޔަންކޮށް ކެބިނެޓަށް ބަދަލުތަކެއް ގެނެސްފި އެވެ.

މިހާތަނަށް މުހައްމަދު ހުންނެވީ އެ ގައުމުގެ ޑިފެންސް މިނިސްޓަރަކަށެވެ. އަދި އޭނާއަކީ ބައިނަލް އަގުވާމީ މައިދާނުގައި ސައުދީ ތަމްސީލް ކުރައްވާ ބޭފުޅާއެވެ.

ކެބިނެޓަށް ގެނައި ބަދަލާއި އެކު ޑިފެންސް މިނިސްޓަގެ މަގާމަށް އައްޔަން ކުރެއްވީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒްގެ ދަރިކަލުން ހާލިދު ބިން ސަލްމާނެވެ. އޭނާ މީގެ ކުރިން ހުންނެވީ ޑީފެންސް މިނިސްޓަރުގެ ނައިބުގެ މަގާމުގައި އެވެ.

މި ބަދަލުތައް ގެނައި ނަމަވެސް ފޮރިން މިނިސްޓަރު ފްރިންސް ފައިސަލް ބިން އާލް ސައުދު، ފިނޭންސް މިނިސްޓަރު މުހައްމަދު އާލް ޖަދާން އަދި އިންވެސްޓްމަންޓް މިނިސްޓަރު ޚާލިދު އާލް ފާލިހް އެ މަގާމުގައި ތިއްބަވާނެ ކަމަށް ކަނޑައަޅާފައިވެ އެވެ.

ވަލީއަހުދު މުހައްމަދަކީ ކުރިން ޑިފެންސް މިނިސްޓަރުގެ އިތުރުން ބޮޑުވަޒީރުގެ ނައިބެވެ. އަލަށް އައްޔަން ކުރި މަގާމުގެ އިތުރުން ކުރިއެކޭވެސް އެއްގޮތަށް ބައިނަލް އަގުވާމީ މައިދާނުގައި ސައުދީ ތަމްސީލް ކުރައްވާނީ މުހައްމަދު ކަމަށް ނިންމާފައިވެ އެވެ.

ސައުދީ ހިންގުމަށް ބަދަލުތަކެއް ގެންނަމުން މިދަނީ ސަލްމާން ރަސްގެފާނު އާލާސްކަންފުޅާއި އުޅުއްވާތާ ދުވަސްކޮޅެއް ވެފައި ވަނިކޮށެވެ.

އުމުރުފުޅުން86 އަހަރުގެ ސަލްމާން ރަސްގެފާނު މިއަހަރު ތެރޭގައިވެސް ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދީފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް