މާލެ އަދި ހުޅުމާލޭގައި ބޯހިމެނުން އަދި ނިންމާ ނުލެވޭ، އެހީތެރިމާ އެއްބާރުލުން ދެއްވާ: އެމްބީއެސް

މާލެ އަދި ހުޅުމާލޭގައި ބޯހިމެނުމުގެ މަސައްކަތް އަދި އެއްކޮށް ނިންމާނުލެވޭކަމަށާއި ނިންމާލުމަށް އެހީތެރިކަމާއި އެއްބާރުލުން ދެއްވުން އެދޭކަމުގައި މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް) އިން...

28 Sep 2022 | 05:35

މާލެ އަދި ހުޅުމާލޭގައި ބޯހިމެނުމުގެ މަސައްކަތް އަދި އެއްކޮށް ނިންމާނުލެވޭކަމަށާއި ނިންމާލުމަށް އެހީތެރިކަމާއި އެއްބާރުލުން ދެއްވުން އެދޭކަމުގައި މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް) އިން ބުނެފިއެވެ.

އެ ބިއުރޯއިން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ ބޯހިމެނުމުގެ ފީލްޑް މަސައްކަތް ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުގައި 28 ސެޕްޓެމްބަރުގައި ކުރިއަށް ގެންދެވޭނެކަމަށާއި އަދި މާލޭގެ ފީލްޑް މަސައްކަތް ރޭގެ ނިޔަލަށް ނިންމާލެވުނުއިރު އަދިވެސް ބައެއް އިމާރާތްތަކަށާއި ދިރިއުޅޭ ތަންތަނަށް ނުވަދެވި ހުރުމުގެ ސަބަބުންނާއި މުޅިން ފުރިހަމަ ނުކުރެވިވާ ތަންތަން ހުރުމާއެކު މިފަދަ ތަންތަނުގެ މައުލޫމާތު ހޯދުނު މިންވަރަކުން ފުރިހަމަކުރަމުން ގެންދެވޭނެ ކަމަށެވެ.

"އެހެންކަމުން މާލޭގައި މިހާތަނަށް ބޯހިމެނިފައިނުވާ ދިރިއުޅޭ ތަންތަނާއި، ލޭބާ ކުއާޓާ އަދި ރެޖިސްޓާ ކޮށްގެން ހިންގާ އިގްތިސާދީ މަސައްކަތް ހިންގާ ތަންތަނުގައި ދިރިއުޅޭ ފަރާތްތަކާއި އެމްޕްލޯޔަރުންގެ އެހީތެރިކަމަށް މި ބިއުރޯއިން އެދެން" އެންބީއެސްއިން ބުނެފައިވެއެވެ.

އިތުރަށް ބުނެފައިވަނީ ތަޅުލާފައިހުރމާއި މީހުންނާއި ދިމާނުވުމުގެ ސަބަބުން، ތަފްސީލް މައުލޫމާތު ނުނެގިވާ ގޭބިސީތަކާއި އިގްތިސާދީ މަސައްކަތް ހިންގާ ތަންތަނާއި މައުލޫމާތު މުޅިން ފުރިހަމަނުކުރެވިވާ ތަންތަނާއި، ބޯހިމެނުމަށް މައުލޫމާތު ހޯދުމަށް އެދި މި ބިއުރޯގެ ލިޔުމެއް ލިބިފައިވާ ފަރާތްތައް ބިއުރޯގެ ހޮޓްލައިނ 1423 އަށް ގުޅުއްވުމުން އެ ފަރާތްތަކުގެ ބޯހިމެނުމުގެ މައުލޫމާތު ފުރިހަމަކުރުމުގެ އިންތިޒާމް ހަމަޖައްސަމުން ގެންދެވޭނެ ކަމަށާއި މީގެ އިތުރުންވެސް 29 ސެޕްޓެމްބަރުން ފެށިގެން ތިނެއް އޮކްޓޯބަރގެ ނިޔަލަށް މި ބިއުރޯގެ ވެބްސައިޓްގައިވާ ފޯމް މެދުވެރިކޮށް އެކަން އަންގާލަދެއްވުމުން، މައުލޫމާތު ފުރިހަމަކުރުމުގެ އިންތިޒާމް ހަމަޖައްސަމުން ގެންދެވޭނެކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް