އެންމެ ދަސްކުރަން ބޭނުންވަނީ އަރަބި ބަސް، އެންމެ ދާހިތްވަނީ ދިވެހި ރާއްޖެ: އާކްރީތީ އަގަރްވާލް

އެންމެ ދަސްކުރަން ބޭނުންވާ ބަހަކީ އަރަބި ބަސް ކަމަށާއި އެންމެ ޒިޔާރަތްކުރާ ހިތްވާ ގައުމަކީ ދިވެހިރާއްޖެ ކަމުގައި ކަލާސްގެ ޗޯޓީ ސަރްދާރްނީގެ ތަރި އާކްރީތީ އަގަރްވާލް ބުނެފިއެވެ. އޭނާ މިހެން ބުނެފައިވަނ...

28 Sep 2022 | 00:30

އެންމެ ދަސްކުރަން ބޭނުންވާ ބަހަކީ އަރަބި ބަސް ކަމަށާއި އެންމެ ޒިޔާރަތްކުރާ ހިތްވާ ގައުމަކީ ދިވެހިރާއްޖެ ކަމުގައި ކަލާސްގެ ޗޯޓީ ސަރްދާރްނީގެ ތަރި އާކްރީތީ އަގަރްވާލް ބުނެފިއެވެ.

އޭނާ މިހެން ބުނެފައިވަނީ ޓެލީ ޗައްކަރަށް ދީފައިވާ އިންޓަވިއުއެއްގައެވެ.

"ބައްތީ ގުލް" ފަދަ ބައެއް މަޝްހޫރު ލަވަތަކުންވެސް ފެނިގެންގޮސްފައިވާ އާކްރީތީ ބުނެފައިވަނީ ކެރިއާ އަދި ހަޔާތުގައި ކާމިޔާބީތަކެއް ހާސިލުކުރެވިއްޖެކަމަށާއި އެގޮތުން އަމިއްލަ ގެއެއް ގަނެވި ބޭނުންވި "ޑްރީމް ކާރު" ވެސް ގަނެވިއްޖެ ކަމަށެވެ.

އަރަބި ބަސް ދަސްކުރުމާއި ރާއްޖެ ޒިޔާރަތްކުރުމުގެ އިތުރުން އެންމެ ކުރާހިތްވާ އަނެއް ކަމަކީ ސްކައި ޑައިވްކުރުން ކަމަށާއި އެކަމަކީ ކިތަންމެ ކުރަން އުނދަގޫ އަދި ޖެހިލުންވާ ކަމެއް ނަމަވެސް ކޮންމެވެސް ދުވަހަކުން އެކަންވެސް ކުރާނެކަމުގައި އާކްރީތީ ބުނެފައިވެއެވެ.

އެކްޓިން ދާއިރާގައި ޑްރާމާ ސީރީޒް އާއި ލަވައިގެ އިތުރުން ޔޫޓިއުބް، އިންސްޓަގްރާމް އަދި ޓިކްޓޮކްގައިވެސް އާކްރީތީއަކީ ވަރަށް ފޭނުން ގިނަ ތަރިއެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް