އެމްއެންޕީގެ އިސް މަގާމުތަކަށް ކުރިމަތިލާން ހުޅުވާލައިފި

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް އިސްވެ އުފައްދާފައިވާ އެމްއެންޕީގެ އިސް މަގާމުތަކަށް ކުރިމަތިލާން ހުޅުވާލައިިފި އެވެ. މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ އެއް މުވައްސިސް...

28 Sep 2021 | 18:21

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް އިސްވެ އުފައްދާފައިވާ އެމްއެންޕީގެ އިސް މަގާމުތަކަށް ކުރިމަތިލާން ހުޅުވާލައިިފި އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ އެއް މުވައްސިސް، އަބްދު ﷲ ރިޔާޒް ވިދާޅުވީ ޕާޓީ އުފެއްދުމަށް ހުއްދަ ދިންތާ ތިން މަސްދުވަސް ތެރޭގައި ބާއްވަން ޖެހޭ ޖަލްސާ އަންނަ މަހު 8 ގައި ބާއްވަން ނިންމާފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ޕާޓީ އުފެއްދުމަށް ބާއްވާ ޖަލްސާއަށް ރާއްޖޭގެ ހުރިހާ ރަށަކުން މެމްބަރުން ތަމްސީލްކުރެވޭނެ ގޮތައް ޖަލްސާ ބޭއްވުމަށް މަސައްކަތްކުރާ ކަމަށެވެ.

ޕާޓީގެ ފުރަތަމަ ޖަލްސާގައި މައިގަނޑު ގޮތެއްގައި އޮންނާނީ ޕާޓީގެ އަސާސީ ގަވައިދު ފާސްކުރުމާއި ޕާޓީގެ އިންޓެރިމް އެގްޒެކެޓިވް ކައުންސިލް އިންތިހާބުކުރުމެވެ. ރިޔާޒް ވިދާޅުވި ގޮތުން އަސާސީ ގަވައިދުގެ ޑްރާފްޓްގައި އޮންނާނީ ޕާޓީގެ އެގްޒެކެޓިވް ކައުންސިލުންގައި 30 މެމްބަރުން ތިބޭ ގޮތަކަށެވެ.

އެމްއެންޕީގެ އެގްޒެކެޓިވް ކައުންސިލުގައި ހިމެނެނީ:

– ރައީސް

– 6 ނާއިބު ރައީސުން (އޭގެ 1 މަޤާމަކީ އަންހެން މެންބަރަކަށް ޚާއްޞަ މަޤާމު)

– އަނުންގެ ވިންގގެ ލީޑަރު

– ޒުވާނުންގެ ވިންގގެ ލީޑަރު

– އިތުރު 21 ކައުންސިލް މެންބަރުން (އޭގެ ތެރެއިން 7 މަޤާމަކީ އަންހެނުންނަށް ޚާއްޞަ މަޤާމު)

ރިޔާޒް ވިދާޅުވީ އެމްއެންޕީ ހިނގާނީ ޑިމޮކްރޮޓިކް ޕާޓީއެއްގެ ގޮތުގައި ކަމަށާއި ވަކި މީހަކަށް ވަކި ގޮތެއް ނޯންނާނެ ކަމަށެވެ. އަދި އެހެންމެ އެ ޕާޓީގެ އަސާސީ ގަވައިދުގައިވެސް ރާއްޖޭގެ އެހެން ސިޔާސީ ޕާޓީއެއްގައި ހިމެނިފައިނުވާ ޑިމޮކްރަޓިކް އުސޫލުތައް ހިމަނާނެ ކަމަށް ރިޔާޒް ވިދާޅުވި އެވެ.

"މި ޕާޓީއަކީ ހުރިހާ ފަންތިއެއްގެ ހުރިހާ ގިންތިއެއްްގެ ހުރިހާ އުމުރުފުރައެއްގެ މީހުނަށްވެސް ފުރުސަތު އޮތް ޕާޓީއެއް." ރިޔާޒް ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް