ރާއްޖެއިން ފާއިތުވި 24 ގަޑި އިރު ކޮވިޑް-19 އަށް ޕޮޒިޓިވް ވީ 95 މީހުން ކަމަށް އެޗްޕީއޭ އިން ބުނެފި އެވެ.
އެޗްޕީއޭ އިން ބުނީ މީގެ ތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން 32 މީހުންނާއި އަތޮޅުތެރެއިން 61 މީހަކާއި ރިސޯޓުތަކުން ޕޮޒިޓިވްވި 2 މީހުން ނެވެ.
މިއާއެކު ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވީ މީހުންގެ އަދަދު ވަނީ 84،579 އަށް އަރާފަ އެވެ.
ފާއިތުވި 24 ގަޑިއިރު ކޯވިޑް ބަލިން 93 މީހަކު ވަނީ ރަނގަޅުވެފަ އެވެ. އެހެންކަމުން 82،769 މީހަކުވަނީ މިބަލިން ރަނގަޅުވެފަ އެވެ.
ރާއްޖެއިން ވަނީ ކޯވިޑް ބަލީގައި 231 މީހުން ނިޔާވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް