އިރާންގެ ނިއުކްލިއާ އުފައްދާ ކާރުހާނާތަކާއި ގުޅޭ ވާހަކަދައްކަން އެމެރިކާއަކީ ހައިސިއްޔަތު އޮތް ގައުމެއް ނޫން ކަމަށް އެ ގައުމުން ބުނެފި އެވެ.
އިރާނުގެ އެޓޮމިކް އެނާޖީ އެޖެންސީ އޮގަނައިޒޭޝަންގެ ވެރިޔާ މުހައްމަދު އިސްލާމީ މިހެން ވިދާޅުވީ މިހާރު ރަޝިއާގެ ވެރިރަށް މޮސްކޯއަށް ކުރައްވަމުން ގެންދަވާ ދަތުރުފުގެ ތެރެއިންނެވެ.
އޭނާ ވިދާޅުވީ އެގައުމުގެ އާންމު ނިއުކްލިއާ ކާރުހާނާއަކަށް ދިން ޓެރަރިސްޓު ހަމަލާ ކުށްވެރިކުރަން ނުކެރުނު ގައުމަކަށް އެގައުމުގެ އެފަދަ ސައިޓުތަކަށް ޒިޔާރަތް ކުރުމުގެ ހުއްދަ ދޭންވީ ބައެއް ބުނެދޭން ނޭނގޭ ކަމަށެވެ. އޭނާ މިހެން ވިދާޅުވީ އދ. ގެ އޮފިޝަލުން އިރާނުގެ ނިއުކްލިއާ ކާރުހާނާތަކަށް ވަދެ ބަލާ ފާސްކުރުމުގެ ހުއްދަ ދޭން ޖެހޭ ކަމަށް އެމެރިކާއިން ބުނުމުންނެވެ.
އިރާނުން ވަނީ އދ. ގެ އޮފިޝަލުން އެގައުމަށް އެތެރެވުމުގެ ހުއްދަ ނުދޭނެ ކަމަށް ބުނެފަ އެވެ.
އިރާނުގައި ގަސްދުގައި ބަޔަކު ހަމަލާއެއްދީ ހަލާކުކޮށްލާފައިވަނީ ޔުރޭނިއަމް ފައްކާކުރާ މެޝިނެކެވެ. އަދި އެތަނުގައި ހުރި އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީގެ ކެމެރާއެއްވެސް ވަނީ ނައްޓާލައި ހަލާކު ކޮށްލާފަ އެވެ. އަދި ފަހުން އޭގެ ވީޑިއޯ ފުޓޭޖުތައްވެސް ގެއްލުވާލާފައިވާއިރު އިރާނުން ވަނީ އެގައުމުން އެފަދަ ކަމެއް ނުކުރާ ކަމަށް ބުނެފަ އެވެ.
އިރާނުން އެތަނަށް ދިން ހަމަލާ ސިފަކޮށްފައިވަނީ ޓެރަރިސްޓު ހަމަލާއެއްގެ ގޮތުގަ އެވެ.
ބައިނަލްއަގުވާމީ މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި އެކާރުހާނާއަށް ހަމަލާދިނީ އިރާނުން ގަސްދުގަ އެވެ. އެއީ އެމީހުން އެތަނުގައި ޔޫރޭނިއަމް ފައްކާކުރުމާއި ގުޅޭ ކަންކަން ސިއްރު ކުރުމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް