ހިފާ ފްލެޓުތަކުން މާދަމާ 29 ސެޕްޓެމްބަރ) 4 ގަޑިއިރަށް ފެން ކަނޑާލަން ނިންމައިފި އެވެ.
އެޗްޑީސީން ބުނީ ފެން ކަނޑާލަނީ މާދަމާ ހެނދުނު 9:00 އިން މެންދުރުފަހު 1:00 އަށް ކަމަށެވެ އަދި މިއީ ފޭސް 2 ގައި ގާއިމްކޮށްފައިވާ ފެން ޕްލާންޓާއި ޕްލާންޓްގެ ޕައިޕްލައިންގެ މަސައްކަތްތަކެއް ކުރުމަށް ކަމަށެވެ.
ހުރިހާ ޓަވަރުތަކަކުން ވެސް އެގަޑީގައި ފެން ކަނޑާލާނެ ކަމަށާއި ފަހަރެއްގައި ފެން ފޯރުކޮށްދިނުމަށް އިތުރު ވަގުތު ވެސް ނަގާފާނެ ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.
" މި މަސައްކަތުގެ ގޮތުން ފަހަރެއްގަ ގިނަވަގުތު ހޭދަވުމަކީ އެކަށީގެންވާ ކަމެއް. އެހެންވެ ދިމާވެދާނެ ދަތިތަކަށް ނިހާޔަތަށް މަޢާފަށް އެދެން." އެޗްޑީސީން ބުންޏެވެ.
ހިޔާ ފުލެޓުތަކަށް ފެން ފޯރުކޮށް ދިނުމަށް ގާއިމްކޮށްފައިވާ ފެން ހޮޅިތަކުގެ މަސައްކަތްތަކެއް ކުރުމަށްޓަކައި ޓަވަރުތަކުން މި މަހު މީގެ ކުރިން ވެސް ވަނީ ފެން ކަނޑާލާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް