އައްޑޫ ސިޓީގެ މަގު ހެދުމުގެ ބޮޑު ޕްރޮޖެކްޓަށް ބޭނުންވާ ވެހިކަލްތަކާއި ސާމާނު ގެންގޮސްފި އެވެ.
އައްޑޫ ސިޓީގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ޝުޖާއު މިއަދު ހަވީރުގެ ވަގުތެއްގައި ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އިންޑިއާގެ އެގްޒިމް ބޭންކުގެ ދަށުން ފެށުމަށް ހަމަޖެހިފައިވާ އައްޑޫގެ މަގު ހެދުމުގެ ބޮޑު ޕްރޮޖެކްޓަށް ބޭނުންވާ ސާމާން އިންޑިއާގެ އެފްކޯންސް އިން އައްޑުއަށް މިއަދު ގެނެސްފައިވާ ކަމަށެވެ.
އެގޮތުން އައްޑޫއަށް ގެނައި ސާމާނުތަކުގެ ތެރޭގައި ވޭނާއި، އެކްސްވޭޓަރާއި މަގު ހަދަން ބޭނުންކުރާ މިނޫންވެސް އިތުރު ސާމާނު ހިމެނެ އެވެ.
https://mobile.twitter.com/faraa_farhaan/status/1442827914853199874
މި މަޝްރޫގެ ދަށުން ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމާއި ގާތް ގަނޑަކަށް 40 ކިލޯ މީޓަރުގެ މަގު ޒަމާނީ ފެންވަރަކަށް ހެދުން ހިމެނެ އެވެ. އަދި މަގު ބައްތި ޖެހުމާއި ހުރިހާ މަގުތަކެއްގައި ސީސީޓީވީ ކެމެރާ ހަރުކުރުން ވެސް ހިމެނެ އެވެ.
މީގެ އިތުރުން ތާރު އެޅުމަށް ކަނޑައެޅިފައިވާ މަގުތަކުގެ އިތުރުން ގާތްގަނޑަކަށް 60 ކިލޯ މީޓަރުގެ މަގުގައި ސިމެންތި ސްޓެބިލައިޒްޑް ބޭސް ލޭޔަރ އެޅުމަށް ވަނީ ހަމަޖެހިފައެވެ.
މިއީ 1.1 ބިލިޔަން ރުފިޔާއަށް ދިވެހި ސަރުކާރުން އިންޑިޔާގެ ބޮޑު ކުންފުންޏެއް ކަމަށްވާ އެފްކޮންސް އިންފްރާސްޓްރަކްޗަރ އާއި ހަވާލު ކޮށްގެން ހިންގާ މަޝްރޫޢުއެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް