ޓިކްޓޮކް ތަރި ޝިފާ އޭޑީކޭ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފި

ޓިކްޓޮކް ތަރި މަރިޔަމް ޝިފާ އޭޑީކޭ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފި އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ އެޑްމިޓްކޮށްފައިވަނީ މިއަދު އެވެ. އަދި ބަލިވެ އުޅޭތާ ދުވަސްތަކެއް ވެފައިވާ ކަމަށް ވެސް ވަނީ ...

28 Sep 2021 | 14:43

ޓިކްޓޮކް ތަރި މަރިޔަމް ޝިފާ އޭޑީކޭ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ އެޑްމިޓްކޮށްފައިވަނީ މިއަދު އެވެ. އަދި ބަލިވެ އުޅޭތާ ދުވަސްތަކެއް ވެފައިވާ ކަމަށް ވެސް ވަނީ މައުލޫމާތު ލިބިފަ އެވެ.

އިތިބާރު ހުރި މަސްދަރަކުން ދުވަސްއެމްވީއަށް މައުލޫމާތު ދެމުން ބުނީ ޝިފާ ބަލިވެ އުޅޭތީ ވަރަށް ގިނައިން ޑޮކްޓަރަށް ދައްކާ ވަރަށް ގިނަ ޓެސްޓު ވެސް ހަދާފައިވާ ކަމަށެވެ.

ނަމަވެސް ޝިފާ ތަހައްމަލު ކުރަމުންދަނީ ކޮން ބައްޔެއް ކަމެއް އޭނާ ނުބުނެ އެވެ.

ނެށުމުގެ ދާއިރާގައި ވެސް ފާހަގަކޮށްލެވޭ ޝިފާ ވަނީ ބައެއް ފިލްމްތަކާއި ޑްރާމާ އަދި ބައެއް ލަވަތަކުން ވެސް ޢާންމުންގެ މަގުބޫލުކަން ހޯދާފަ އެވެ. އަދި އިޝްތިހާރުތަކާއި ޕްރޮގްރާމްތަކުން ވެސް މީހުންގެ މަގުބޫލުކަން ޝިފާ ވަނީ ހޯދާފަ އެވެ.

ދުވަސް ނޫހުގެ ފަރާތުން ޝިފާއަށް އަވަސް ޝިފާއަކަށް އެދެމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް