މާލެ ސަރަހައްދުން އިންފުލުއެންޒާއަށް ޕޮޒިޓިވް ވާ މިންވަރު ދަނީ އިތުރުވަމުން: އެޗްޕީއޭ

މާލެ ސަރަހައްދުން އިންފުލުއެންޒާ އަށް ޕޮޒިޓިވް ވާ މިންވަރު އިތުރުވަމުން އަންނަކަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފި އެވެ. އެޗްޕީއޭ އިން އާންމު ކުރި ތަފާސް ހިސާބުތަކުން ދައްކާގޮތ...

28 Sep 2021 | 13:58

މާލެ ސަރަހައްދުން އިންފުލުއެންޒާ އަށް ޕޮޒިޓިވް ވާ މިންވަރު އިތުރުވަމުން އަންނަކަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފި އެވެ.

އެޗްޕީއޭ އިން އާންމު ކުރި ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ސެޕްޓެމްބަރު މަސްތެރޭގައިި އިންފުލުއެންޒާއަށް ޓެސްޓުކުރެވުނު 209 ސާމްޕަލުގެ ތެރެއިން 68 ސާމްޕަލް ވަނީ އިންފުލުއެންޒާ އޭ އަށް ޕޮޒިޓިވް ވެފައެވެ.

އިންފުލުއެންޒާއަކީ ވެސް ނޭވާލާ ނިޒާމުގެ ތެރެއިން ފެތުރޭ ބަލިތައްކަމުން، ކޮވިޑް 19 އިން ރައްކާތެރިވުމަށް އަޅަމުންދާ ފިޔަވަޅުތައް ކުރިޔަށް ގެންދެވުމަށް އިލްތިމާސް ކުރެއްވި އެވެ.

މިގޮތުން އާންމު ތަންތަނުގައި އަބަދުވެސް މާސްކު އަޅައިގެން އުޅުމަށާއި ރޯގާގެ އެއްވެސް އަލާމާތެއް ހުރިނަމަ ހޮސްޕިޓަލުގެ އޯޕީޑީއަށް ނުގޮސް ފުލޫ ކުލިނިކަށް ދެއްކުމާއި ކޮވިޑަށް ޓެސްޓުކުރުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސް ކުރައްވާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް