މާލޭގެ ގެތަކުން ކަރަންޓު ބިލް ބޮޑުވީ ޖުލައިގެ ބިލުގައި ޑިސްކައުންޓް ހިމެނިފައި ނުވާތީ

މާލޭ ސިޓީގެ ބައެއް ގެތަކުގައި ކަރަންޓު ބިލް ބޮޑުވީ ޖުލައި މަހުގެ ބިލުގައި ޑިސްކައުންޓު ހިމެނިފައި ނުވާތީ ކަމަށް ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ އިން ބުނެފިއެވެ. އެ އޮތޯރެޓީ އިން މިހެން ބުނެފައި ވަނީ ސް...

28 Sep 2021 | 13:38

މާލޭ ސިޓީގެ ބައެއް ގެތަކުގައި ކަރަންޓު ބިލް ބޮޑުވީ ޖުލައި މަހުގެ ބިލުގައި ޑިސްކައުންޓު ހިމެނިފައި ނުވާތީ ކަމަށް ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ އިން ބުނެފިއެވެ.

އެ އޮތޯރެޓީ އިން މިހެން ބުނެފައި ވަނީ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ޖުލައި މަހުގައި ކަސްޓްމަރުންނަށް ފޮނުވާފައިވާ ކަރަންޓު ބިލުތައް ނޫސްތަކާއި މީސްމީޑިޔާގެ ޒަރީޔާއިން އެ އޮތޯރިޓީގެ ސަމާލު ކަމަށް އައިސްފައިވާތީވެ މައްސަލަ ބެލުމަށްފަހުއެވެ.

މި މައްސަލަ އެއޮތޯރިޓީން ބަލަން ފަށާފައިވަނީ މިދިޔަ ޖުލައި 31 ގައެވެ.

މި މައްސަލަ ބަލާ ހޯދުނު ދިރާސާއިން އެނގުނު ގޮތުގައި ބައެއް ކަސްޓަމަރުންނަށް ބިލް ބޮޑުވެފައިވާކަމަށް ފާހަގަ ކުރެވުނު މައިގަނޑު ސަބަބުތަކަކީ ބިލު ފޮނުވާފައިވަނީ ޖުލައި މަހުގެ ފަހުކޮޅުގައި ކަމަށްވާތީވެ ޢީދު ބަންދުގެ މުއްދަތު ބިލު ކުރި މުއްދަތުގެ ތެރޭގައި ހިމެނިފައި ނުވުމެވެ.

އެހެންކަމުން ޢީދު ބަންދުގައި ކަސްޓަމަރުން ބޭނުންކުރި ވަރު ޖުލައި މަހުގައި ލިބުނު ބިލުތަކުގައި ހިމެނިފައި ނުވާތީވެ އެ ބިލުތައް ކުޑަނުވީ ކަމަށް ބުންޏެވެ. އަދި އިތުރަށް ހާމަ ކުރި ގޮތުގައި ޢީދު ބަންދުގައި ކަރަންޓު ބޭނުންކުރެވުނު މިންވަރު ފެންނާނީ އޮގަސްޓު މަހުގައި ލިބުނު ބިލު ތަކުންނެވެ. އަދި ޖޫން މަހުގައި ކަރަންޓު ބިލުން ސަރުކާރުން 40 ޕަސެންޓު ޑިސްކައުންޓެއް ދީފައިވެއެވެ.

ނަމަވެސް ޖުލައި މަހުގެ ކަރަންޓު ބިލުން ކަސްޓަމަރުންނަށް ޑިސްކައުންޓު ދީފައި ނުވާތީ އެ ތަފާތު ބިލު ތަކުން ދެއްކީ ކަމަށް އެ އޮތޯރިޓީން ބުނެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް