މަނިކޭ މަގޭ ހިތޭ، މި ލަވައިން ބޮޑު މަގްބޫލުކަމެއް ހޯދި ލަންކާގެ ލަވަކިޔުންތެރިޔާ ޔޯހާނީގެ ފުރަތަމަ ހިންދީ ލަވަ މިއަދު ޕްރިމިއަރ ކޮށްފިއެވެ.
މި ލަވަޔަކީ މި އަހަރުގެ ފަހުކޮޅު ރިލީޒްކުރާނެކަމަށް ބެލެވޭ ފިލްމު "ސިއްދަތު"ގެ ޓައިޓަލް ލަވައެވެ. މި ލަވައިގެ ނަމަކީވެސް "ސިއްދަތު"އެވެ.
ސިއްދަތު މި ފިލްމަކީ ބޫޝަން ކުމާރާއި ދިނޭޝް ވިޖަން ޕްރޮޑިއުސްކޮށް ކުނާލް ދޭޝްމުކް ޑައިރެކްޓްކުރާ ފިލްމެކެވެ.
މި ފިލްމުގެ ތަރިންގެ ތެރޭގައި ހިމެނޭނެކަމަށް ބުނެފައިވަނީ ރާދިކާ މާދަނާއި ސަނީ ކޯޝަލާއި މޯހިތު ރައިނާގެ އިތުރުން ޑަޔާނާ ޕެންޓީއެވެ.
ޔޯހާނީގެ މި ހިންދީ ލަވަ މިއަދު ހެނދުނު ޕްރިމިއަރ ކޮށްފައިވާއިރު މިހާތަނަށް ބައި މިލިޔަން މީހުން މި ލަވަ ޕްލޭ ކޮށްފައިވެއެވެ.
https://www.youtube.com/watch?v=4K6RlzLXAtk
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް