ހއ. އުތީމު ޢާޒީ ބަންޑާރައިން ސްކޫލުގެ 4 ކުލާސްރޫމް އިމާރާތް ކުރުމުގެ ނުނިމި ހުރި މަސައްކަތް ނިންމަން ބަޔަކާއި ހަވާލުކޮށްފި އެވެ.
މި މަަސައްކަތް ހަވާލުކޮށްފައިވަނީ އެސްބްރޯ ޕްރައިވެޓް ލިމިޓެޑާއި އެވެ.
މި އެއްބަސްވުމުގައި އެޑިއުކޭޝަންގެ ފަރާތުން ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރު އަހުމަދު ރިޔާޒެވެ. އެސްބްރޯގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރު މުހައްމަދު ތަވީލް އެވެ.
މިއީ2021 ވަނަ އަހަރުގެ ޕީއެސްއައިޕީ ބަޖެޓުން ހަރަދުކޮށްގެން ކުރިޔަށް ގެންދެވޭ މަޝްރޫއު އެކެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ މަސައްކަތް ނިންމަން އެ ކުންފުންޏާއި ހަވާލު ކުރީ 120 ދުވަހުގެ ތެރޭގައި ކަމަށެވެ. މިއީ 3.5 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.
މި މަޝްރޫއު އެސްބްރޯ އާއި ހަވާލުކޮށްފައިވާއިރު މިއީ މިއަހަރު ތެރޭގައި އެޑިއުކޭޝަންގެ ޕްރޮޖެކްޓެއް އެ ކުންފުންޏާއި ހަވާލު ކުރި ތިން ވަނަ ފަހަރެވެ.
މިމަހުގެ13 ވަނަ ދުވަހު ލ. ގަން މުކުރިމަގު ސްކޫލްގެ އޮފީސް އިމާރާތް އަޅަން ހަވާލު ކުރީ އެ ކުންފުންޏާއި އެވެ. އެއީ4.4 މިލިއަން ރުފިޔާގެ މަޝްރޫއު އެކެވެ.
އަދި ސެޓެލައިޓް ސްކޫލްގެ ގޮތުގައި ވ.ރަކީދޫ ސްކޫލް އަޕްގްރޭޑް ކުރުމުގެ މަސައްކަތް އެ ކުންފުންޏާއި ހަވާލު ކުރީ މިދިޔަ ޖުލައި މަހުގެ ހަތަރު ވަނަ ދުވަހު އެވެ. އެއީ2.8 މިލިއަން ރުފިޔާގެ މަޝްރޫއު އެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް