އެންމެ އިސްކަންދޭ ކަމަކަށް އޮންނަން ވާނީ ނޫސްވެރިކަމުގެ މިނިވަންކަން: ރައީސް ނަޝީދު

އެންމެ އިސްކަންދޭ ކަމަކަށް އޮންނަން ވާނީ ނޫސްވެރިކަމުގެ މިނިވަންކަން ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ނަޝީދު މިހެން ވިދާޅުވީ، އަލަށް ހުށައެޅ...

28 Sep 2021 | 11:06

އެންމެ އިސްކަންދޭ ކަމަކަށް އޮންނަން ވާނީ ނޫސްވެރިކަމުގެ މިނިވަންކަން ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވީ، އަލަށް ހުށައެޅި ހެއްކާއި ބެހޭ ބިލުގައި ނޫސްވެރިންނަށް މައުލޫމާތު ލިބޭ މަސްދަރު ހާމަކުރަން މަޖުބޫރުވާ ފަދަ މާއްދާއެއް އޮތުމުން ހުި ކަންބޮޑުވުންތަކާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ. މިޢީ ގާނޫނު އަސާސީއާ ތައާރަޒުވާ ގޮތަށް އޮތް މާއްދާއެއް ކަމަށް ބުނެ ނޫސްވެރިންނާއި އާންމުންގެ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ނަޝީދު ވިދާޅުވީ، އެއީ އޮސްޓްރެލިއާގައި އޮންނަ މޮޑެލްއަކަށް ފަރުމާކުރެވިފައިވާ މާއްދާއެއް ކަމަށެވެ.

https://twitter.com/MohamedNasheed/status/1442769627151429640

ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ހެއްކާ ބެހޭ ބިލުގައި ނޫސްވެރިން ބޭނުންކުރާ މަސްދަރުތައް ހާމަކުރުމަށް ކޯޓުތަކަށް މަޖުބޫރުކުރެވޭ ގޮތަށް އޮތް މާއްދާ އަނބުރާ ގެންދިއުމަށް އިންޓަނޭޝަނަލް ފެޑަރޭޝަން އޮފް ޖާނަލިސްޓްސް (އައިއެފްޖޭ)، މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)، މޯލްޑިވްސް އެޑިޓާސް ގިލްޑް، ޓްރާންސްޕޭރަންސީ މޯލްޑިވްސް އަދި އެމްނެސްޓީ އިންޓަނޭޝަނަލުން ވަނީ ގޮވާލާފައެވެ.

މިބިލުގެ 136 ވަނަ މާއްދާގެ (ހ) ގައި ގާނޫނު އަސާސީގެ 28 ވަނަ މާއްދާއިން ނޫސްވެރިންނަށް ލިބޭ މަސްދަރު ހިމާޔަތްކުރުމުގެ ހައްގު ކަށަވަރުކޮށްދިން ނަމަވެސް މި މާއްދާގެ (ށ) ގައި ނޫސްވެރިންނަށް މަސްދަރު ހާމަކުރަން މަޖުބޫރުކުރެވިދާނެ ދެ ހާލަތެއް ވަނީ ބަޔާންކޮށްފައިކަން ބަޔާނުގައި ފާހަގަ ކޮށްފައި ވެއެވެ. ޖަމިއްޔާތަކުން ބުނީ ބިލު މިހާރު އޮތް ގޮތުން، މި ދެ ހާލަތުގައި ކޯޓަކަށް ފެނިއްޖެ ހިނދެއްގައި ނޫސްވެރިއެއް ބޭނުންކުރި މަސްދަރު ހާމަކުރަން މަޖުބޫރު ކުރެވޭނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް