ރައްޔިތުންގެ މަޖިލިސް މެންބަރުންނަށް ފާޑުކިޔާ ޓީޗަރުން ވަކި ކުރެވޭނަމަ ކީރިތި ރަސޫލާ އަށް ފުރައްސާރަ ކުރާ ޓީޗަރުންވެސް ވަކި ކުރަންޖެހޭ ކަމަށް ދީނީ އިލްމުވެރިޔާ ޑރ. އިޔާޒް ވިދާޅުވެއްޖެއެވެ.
އިޔާޒު މިހެން ވިދާޅުވެފައި ވަނީ ށ. އަތޮޅު ފޯކައިދޫ ސުކޫލުގައި ކުރިޔަށް ދިޔަ މަދަޙަ މުބާރާތެއްގެ ތެރެއިން ހިނގި ހާދިސާ އަކާ ގުޅިގެންނެވެ.
މީސްމީޑިޔާގައި ދައުރުވަމުންދާ މި ވީޑިޔޯ އިން ފެންނަނީ ޓީޗަރަކު ބެލެނެވެރިންނާއި ދަރިވަރުންގެ ހާޒިރުގައި މައިކް ޓެސްޓުކުރުމުގެ ބޭނުމުގައި މަދަހައެއްގެ ތަންކޮޅެއް ކިޔާ މަންޒަރެވެ. އޭ ސާހިބާ މި މަދަހައިގެ ތަންކޮޅެއް ކިޔުމަށްފަހު އޭނާވަނީ މަދަހައިގެ ރާގުގައި މުޅިން އެހެންވާހަކަ ތަކެއް އަމިއްލަ ގޮތަކަށް ބަދަލުކޮށްގެން ކިޔާފައެވެ. އޭނާ އަމިއްލަ ގޮތަކަށް މަދަހަ ބަދަލުކޮށްގެން ކިޔަން ފެށުމުން ސުކޫލް ހޯލްތެރެ ވަނީ ހުނުމުގެ އަޑުން ގުގުމާލާފާއެވެ.
ބެލެވޭ ގޮތުގައިި މިއީ މައިކު ޓެސްޓު ކުރުމުގެ ތެރޭގައި ހިނގާފައިވާ ކަމެކެވެ. އެއްވެސް ހާލެއްގައި ރަސޫލާއަށް ފުރައްސާރަ ކުރުމުގެ ގޮތުން އެ ޓީޗަރު ގަސްދުގައި ކޮށްފައިވާ ކަމެއް ނޫނެވެ.
https://twitter.com/dr_iyaz/status/1442530225959542787
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް