ކަރީނާ ރާއްޖެއިން ދިޔަގޮތަށް ގޮސް ކަރިޝްމާއަށް ކެއުމެއް ދީފީ

ބޮލީވުޑްގެ އެކްޓްްރެސް ކަރީނާ ކަޕޫރް ރާއްޖެއިން ދިޔަ ގޮތަށް ގޮސް ކަރިޝްމާ ކަޕޫރަަށް ކެއުމެއް ދީފިއެވެ. ކަރީނާ ވަނީ ދާދި ފަހުން ފިރިމީހާ ސައިފް އަލީ ޚާން އާއި ދެ ދަރިންނާ އެކު ޗުއްޓީ ހޭދަކޮށް ކަރީނާގެ ...

28 Sep 2021 | 10:31

ބޮލީވުޑްގެ އެކްޓްްރެސް ކަރީނާ ކަޕޫރް ރާއްޖެއިން ދިޔަ ގޮތަށް ގޮސް ކަރިޝްމާ ކަޕޫރަަށް ކެއުމެއް ދީފިއެވެ.

ކަރީނާ ވަނީ ދާދި ފަހުން ފިރިމީހާ ސައިފް އަލީ ޚާން އާއި ދެ ދަރިންނާ އެކު ޗުއްޓީ ހޭދަކޮށް ކަރީނާގެ އުފަންދުވަސް ފާހަގަ ކުރުމަށްޓަކައި ރާއްޖެ އަށް ޒިޔާރަތް ކޮށްފައެވެ.

ކަރީނާ އެނބުރި ޤައުމަށް ދިއުމަށް ފަހު މިވަނީ އާއިލާ އާއި ރަޙުމަތްތެރިންނާއެކު ޕާޓީ އެއް ބާއްވާފައެވެ. އެޕާޓީގައި ބައިވެރިވީ ކަރިޝްމާ ކަޕޫރު ހިމެނޭހެން ކަރަން ޖޯހަރާއި އަމްރިތާ އަރޯރާ އަދި މަނީޝް މަލޯތްރާ އެވެ.

މި ޕާޓީގައި ކަރީނާ ހުރީ އަތުގައި މާތަކެއް ޖަހާފައި ހުރި ހުދުކުލައިގެ ހެދުމެއްގައެވެ. ކަރިޝްމާ ކަޅުކުލައިގެ ހެދުމެއް ލައިގެން ހުރި އިރު އަމްރިތާ ހުރީ ހުދުކުލައިގެ ހެދެމެއްލައިގެންނެވެ. މަނީޝް އައިސްފައިވަނީ ކަޅުކުލައިގެ ކޯޓެއްގައެވެ.

މި ޕާޓީ އަކީ ކަރީނާގެ ކަމެއްކަން ދެއްކުމަށް ކަރިޝްމާ ވަނީ ސެލްފީ އެއް ނަގާ އޭނާގެ އިންސްޓަގްރާމްގައި ހިއްސާކޮށްފަ އެވެ. އަދި ކަރީނާއަށް ޝުކުރު އަދާކޮށް ކާއެއްޗެހީގެ ފޮޓޯވެސް ސްޓޯރީއަށް ލާފައިވެ އެވެ.

ކަރީނާމެންނަކީ މިގޮތަށް ދޭތެރެ ދޭތެރެއިން ގްރޫޕު ހަދާފައި ޕާޓީތަކާއި މަޖާގަނޑުތައް ބާއްވާބައެކެވެ. މިފަހަރުގެ ޕާޓީގައި މަދުވަނީ އޭނާގެ އެންމެ ގާތް އެއް އެކުވެރިޔާ މަލައިކާ އަރޯރާއެވެ.

މި ދުވަސްވަރު މަލައިކާ އުޅެނީ ސުޕާ މޮޑެލްގެ ޝޫޓިންގައި ވަރަށް ބުރަކޮށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް