ތޫފާން ގުލާބަށްފަހު ތޫފާން ޝާހީން އަންނަނީބާ !

މީގެ ދެ ދުވަސް ކުރިން ބަންގާޅު ކަނޑުގައި އުފެދި އިންޑިއާގެ މަތީގައި މިހާރު އޮތް ތޫފާނުގެ ފަހަތުން އިތުރު ތޫފާނެވެސް އުފެދިދާނެ ކަމުގައި ބެލެވެން ފަށައިފިއެވެ. އެގޮތުން ސަރަހައްދީ މެޓުން ބުނެފައިވާގޮތު...

28 Sep 2021 | 08:55

މީގެ ދެ ދުވަސް ކުރިން ބަންގާޅު ކަނޑުގައި އުފެދި އިންޑިއާގެ މަތީގައި މިހާރު އޮތް ތޫފާނުގެ ފަހަތުން އިތުރު ތޫފާނެވެސް އުފެދިދާނެ ކަމުގައި ބެލެވެން ފަށައިފިއެވެ.

އެގޮތުން ސަރަހައްދީ މެޓުން ބުނެފައިވާގޮތުގައި ތޫފާން ގުލާބު އެންމެ ފުރަތަމަ އުފެދުނު ސަރަހައްދާ މާ ދުރުނޫން ސަރަހައްދެއްގައި، ބަންގާޅުކަނޑުގައި މިހާރު ވަނީ ލޯ ޕްރެޝަރ އޭރިއާއެއް އުފެދިފައެވެ.

­އުފެދުނު މި ކޮޅިގަނޑުގެ ބާރު އަދި އިތުރަށް ގަދަވެދާނެ ކަމުގައި ބުނެފައިވީނަމަވެސް ބާރުގަދަވެ ތޫފާނަކަށް ބަދަލުވެދާނެކަމަށް އަދި ނިމުތުކޮށްފައެއް ނުވެއެވެ.

ތޫފާން ގުލާބުގެ ބާރު ދަށްވަމުންދަނިކޮށް މިހާރު އުފެދުނު ކޮޅިގަނޑު ތޫފާނަކަށް ބަދަލުވެއްޖެނަމަ އެ ތޫފާނަށް ކިޔާނެ ނަމަކީ ތޫފާން "ޝާހީން" އެވެ. އަދި މި ސަރަހައްދުގައި އެއަށްފަހު އުފެދޭ ތޫފާނަކަށް ކިޔާނީ ތޫފާން "ޖަވާދު" އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް