ދިވެހިރާއްގެ ބޮޑު ބަޔަކަށް މިއަދު ވެސް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފި

ދިވެހިރާއްގެ ބޮޑު ބަޔަކަށް މިއަދު ވެސް މޫސުން ގޯސްވާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފި އެވެ. މެޓް އޮފީހުން ވަނީ މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ ހދ އަތޮޅުން ފެށިގެން ވ އަތޮޅުގެ ސަ...

28 Sep 2021 | 08:17

ދިވެހިރާއްގެ ބޮޑު ބަޔަކަށް މިއަދު ވެސް މޫސުން ގޯސްވާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފި އެވެ.

މެޓް އޮފީހުން ވަނީ މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ ހދ އަތޮޅުން ފެށިގެން ވ އަތޮޅުގެ ސަރަހައްދަށް ހުދު އެލާޓް ވެސް ނެރެފަ އެވެ. ހުދު އެލާޓް ނެރެފައި ވަނީ މިއަދުގެ އިރިއޮއްސި 06:00 އާ ހަމަށެވެ.

https://twitter.com/MetMaldives/status/1442751489223512072

މެޓް އޮފީހުން ބުނީ، އެސަރަހަށްދުތަކުގެ އިތުރުންވެސް، ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެ ކަމަށާއި، ބައެއް ރަށްތަކަށް ގުގުރުން އެކަށީގެންވާ ކަމަށެވެ.

މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް އިރުއުތުރާއި އިރުން ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، އަދި ދެކުނުގެ އަތޮޅުތަކަށް އިރާއި އިރުދެކުނުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން މައުލޫމާތު ދެއެވެ.

ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށްވެސް ބުނެ އެވެ.

މެދު ރާއްޖެތެރެއާއި އުތުރުގައި ރާޅުގެ އުސްމިން 3 ފޫޓާއި، 6 ފޫޓުގައި ހުންނާނެ ކަމަށާއި، ދެކުނުގެ އަތޮޅުތަކަށް ރާޅުގެ އިސްމިން ހުންނާނީ، 2 ފޫޓާއި 5 ފޫޓުގައިކަމަށް މެޓް އޮފީހުން ވަނީ ބުނެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް