ކުލާސްތަކަށް ވާރޭ ވެހޭތީ ހިރިލަންދޫ ސްކޫލްގެ ބެލެނިވެރިން މުޒާހަރާ ކުރި މައްސަލައިގައި ލީޑިން ޓީޗަރު ސަސްޕެންޑްކޮށްފި އެވެ. ސްޕެންޑްކުރި ލީޑިންޓީޗަރަކީ ސްކޫލް ހިންގެވުމާއި ހަވާލުވި ހުރި ފަރާތްތަކަމަށް ދުވަހަށް މައުލޫމާތު ލިބެއެވެ.
އެ ސްކޫލްގެ ކްލާސް ރޫމުތަކުގެ ތެރެއިން ވާރޭ ވެހެނީ އެންމެ ފުރަތަމަ ސްކޫލްގައި އިމާރާތް ކޮށްފައި ހުރި ކްލާސްރޫމްތަކަށެވެ.
އެ ސްކޫލްގެ ޕީޓީއޭގެ ނައިބު ރައިސާ އާމިނަތު ފަރީޝާ “ދުވަސް”އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ކްލާސް ރޫމްތައް ބަންދު ވާނެހެން ދޮރު ލައި ދިނުމަށް ނުވަތަ އެހެން ކްލާސް ރޫމްތަކެއް އަޅައި ދިނުމަށް އެޑިއުކޭޝަން މިނިސްޓްރީގައި ބެލެނިވެރިންނާއި މެނޭޖްމެންޓުން އެދޭތާ އެތައް އަހަރެއް ވެއްޖެ ކަމަށެވެ. އެކަމަކު މިއަދާ ހަމައަށްވެސް ވިއްސާރަ ދުވަސް ތަކުގައި ކްލާސްރޫމްތަކުގެ ދޮރު ތަކުގެ ގޮތުގައި ބޭނުން ކުރަމުންދަނީ ސަތަރި ކަމަށް ވިދާޅުވި އެވެ.
މިދިޔަ މަހު ފަހުކޮޅު އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ އެ ރަށަށް ކުރެއްވި ދަތުރުގައިވެސް އެކަން ސްކޫލުން ފާހަގަކޮށްފައިވާނެ ކަމަށް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މިނިސްޓްރީން އަބަދުވެސް ބުނަނީ ވަރަށް އަވަހަށް އެ މައްސަލަ ހައްލުވާނެ ކަމަށް ކަމަށެވެ. އެންމެ ފަހުން ބުނެފައިވަނީ ދެ މަސް ތެރޭގައި މައްސަލަ ހައްލު ވާނެ ކަމަށެވެ.
އެޑިއުކޭޝަން މިނިސްްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހިރިލަންދޫ ސްކޫލަށް ދިމާވެގެން އުޅޭ ކަންކަން އެ މިނިސްޓްރީން ބަލަމުންދާ ކަމަށެވެ. އަދި އިތުރު ތަފްސީލް ފަހުން ދެއްވާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް