ރައީސް އާއި ޝާހިދު ދިވެހިން ތަގުރީރުކުރެއްވުން: ސަލީމަކަށް ހަޖަމެއް ނުވި!

ދިވެހިބަހުން ތަގުރީރު ކުރަން އ.ދ އަށް ދާން ކޮންމެހެން ނުޖެހޭ ކަމަށް ވިދާޅުވެ އޭދަފުށި ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ސަލީމް ރައީސުލްޖުމްހޫރިއްޔާ އަށާއި ފޮރިން ...

28 Sep 2021 | 05:50

ދިވެހިބަހުން ތަގުރީރު ކުރަން އ.ދ އަށް ދާން ކޮންމެހެން ނުޖެހޭ ކަމަށް ވިދާޅުވެ އޭދަފުށި ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ސަލީމް ރައީސުލްޖުމްހޫރިއްޔާ އަށާއި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދަށް ފާޑުވިދާޅުވެއްޖެ އެވެ.

އިދިކޮޅު ކޯލިޝަންގެ ޕާޓީތަކުގެ ހެންވޭރު ޖަގަހައިގައި އޮތް ޖަލްސާއެއްގައި ރޭ ވާހަކަދައްކަމުން ސަލީމް ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އ.ދ އަށް ވަޑައިނުގެންނެވުމުން ފާޑުކިޔުންތައް އަމާޒުކުރަމުންދާއިރު އެމަނިކުފާނު އުޅުއްވީ އ.ދ އިން އެއްޗެއް ހޯދަން ނޫން ކަމަށާއި އެއީ އެއްޗެއް ލިބޭ ތަނެއް ނޫން ކަމަށެވެ.

"ދިވެހި ބަހުން ތަގުރީރު ކުރަން އެތަނަށް ދޯ ދާންވީ؟ އަޅުގަނޑު ނުދެނަހުރިން ދިވެހި ބަހުން ތަގުރީރެއް ކުރަން އ.ދ އަށް ދާންޖެހޭ ކަމަކަށް. މިވަރުގެ ކަނޑުކޮސް ކަންތައް ކުރާ މީހުން ކިހިނެތް ގައުމުގައި ބޭތިއްބޭނީ؟ ދެން އެވެސް ރަނގަޅު ބަހަކުން ކުރަން ދިޔަނަމަ ރަނގަޅު" މާދަރީ ބަހުން ތަގުރީރުކުރެއްވުމުން ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ސަލީމް ވިދާޅުވި އެވެ.

ރައީސް ޞާލިް ފިޔަވައި އދ.ގެ އާންމު މަޖިލީހުގެ ޖަލްސާގައި މިހާތަނަށް ދިވެހިބަހުން ތަގުރީރު ކުރެއްވި ދިވެހިރާއްޖޭގެ ރައީސްއަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އެވެ. އެއީ 2006 ވަނަ އަހަރު އެވެ.

މިއީ ރައީސް ޞާލިޙް އދ.ގެ އާންމު މަޖިލީހުގައި ތަގުރީރު ކުރެއްވި ދެވަނަ އަހަރެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް