ޓްރީ ޓޮޕް ހޮސްޕިޓަލުން ހާއްސަ އެލާރޖީ ޓެސްޓިންގ އަދި އިމިއުނޮތެރަޕީގެ ހިދުމަތްތަކެއް ތައާރަފްކޮށްފިއެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލްގެ އިއަރ، ނޯސް، ތްރޯޓް (އީ.އެން.ޓީ) އަދި ރެސްޕިރޭޓަރީ ޑިޕާޓްމަންޓްގެ ފަރާތުން ތައާރަފްކުރާ ސްކިން ޕްރިކް އެލާރޖީ ޓެސްޓިން އަދި އިމިއުނޮތެރަޕީގެ ޚިދުމަތުގެ އެހީގައި ކުޑަ ވަގުތުކޮޅެއް ތެރޭގައި އެއްވެސް އެލާރޖީއެއްގެ އަސަރެއް ހުރިތޯ ބަލާލެވެއެވެ.
އާންމު ގޮތެއްގައި ސްކިން ޕްރިކް އެލާޖީ ޓެސްޓް ހަދަނީ ތަފާތު ވައްތަރުގެ ކުނޑިއަށް، ކާ އެއްޗިއްސަށް ނުވަތަ ހިރަފުހަށް އެލާރޖިކްވޭތޯ ބެލުމަށެވެ. ބޮޑެތި މީހުންގެ ގައިގައި މި ޓެސްޓް ހަދާނީ މީހާގެ އަތުގަ އެވެ.
ސްކިން ޕްރިކް އެލާރޖީ ޓެސްޓިންގ ހެދުމަށްޓަކައި ޚާއްސަ ކަށްޓެއް ބޭނުންކުރެވިގެން ދާނެ އެވެ. އަދި މި ޓެސްޓަކީ އެއްވެސް ވަރަކަށް ތަދު އިހުސާސް ނުކުރެވޭ އަދި ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ނިންމާލެވޭ ޓެސްޓެކެވެ. ޓްރީ ޓްރީ ޓޮޕް ހޮސްޕިޓަލުން ސްކިން ޕްރިކް އެލާރޖީ ޓެސްޓިންގ އަދި އިމިއުނޮތެރަޕީގެ ހިދުމަތްތައް ފޯރުކޮށްދެނީ 5 އަހަރުން މަތީގެ މެހެމާނުންނަށެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލްގެ އީ.އެން.ޓީ ޑިޕާޓްމަންޓަކީ ކަންފަތް، ނޭފަތް ސައިނަސް، އަޑުފޮށި، އަނގަ އަދި ކަރުތެރޭގެ ބަލިތަކަށް ޚާއްސަ ކުރެވިފައިވާ ޑިޕާޓްމަންޓެކެވެ. އެތެރެހަށީގެ ފަރުވާތަކުގެ ތެރޭގައި ހިމެނޭ ފުއްޕާމޭގެ ޚާއްސަ ޑިޕާރޓްމަންޓަކީ ފުއްޕާމޭ، މޭ އަދި ނޭވާ ހޮޅިއާބެހޭ ބަލިތަކަށް ޚާއްސަ ޑިޕާޓްމަންޓެކެވެ.
މީގެ އިތުރުން ނޭވާލުމުގައި ދިމާވާ އުނދަގޫ ތަކާއި، ކްރޮނިކް އޮބްސްޓްރަކްޓިވް ޕަލްމޮނަރީ ޑިސީސް (ސީ.އޯ.ޕީ.ޑީ)، އިންޓަރސްށިއަލް ލަންގް ޑިސީސް، ލަންގް މެލިގްނެންސީސް، މޭގެ އިންފެކްށަންތައް އަދި ނިދުމުގެ މައްސަލަތައްކަށް ފަރުވާކޮށްދެ އެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލްގައި ސްކިން ޕްރިކް އެލާރޖީ ޓެސްޓިންގ އަދި އިމިއުނޮތެރަޕީގެ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި އިސްކޮށް އުޅުއްވަނީ އީ.އެން.ޓީ ސްޕެޝަލިސްޓް، ޑރ. ޗަންދްރަޝޭކަރް ރަވަލް އާއި ފުއްޕާމޭގެ ޚާއްސަ ޑޮކްޓަރ ޑރ. ރަގުލާން ރާޖާލިންގަމްއެވެ. ޑރ. ރަވަލް އަކީ މެޑިކަލް މެނޭޖްމަންޓް އަދި އެޑްމިނިސްޓރޭޝަން، ކުއްލި ފަރުވާ، އައި.ސީ.ޔޫ އަދި އޮޓޮލޮޖީ ސާރޖަރީކުރުމުގައި އެތައް އަހަރެއްގެ ތަޖްރިބާ ހޯއްދައިފައިވާ ޑޮކްޓަރެކެވެ.
މީގެ އިތުރުން ޑރ. ރަވަލް އަކީ ރަވަލް ސަރޖިކަލް ހޮސްޕިޓަލުގެ ވެރިފަރާތް ކަމުގައިވެސް މެއެވެ. އަދި ދާދިފަހުން ގަވަމަންޓް އޮފް މަހަރާސްޓްރަގެ ހެލްތް ޑިޕާޓްމަންޓްގައި އީ.އެން.ޓީ ސްޕެޝަލިސްޓެއްގެ ގޮތުގައިވެސް މަސަތްކަތް ކުރައްވާފައި ވެއެވެ.
ފުއްޕާމޭގެ ޚާއްސަ ޑަކްޓަރު، ޑރ. ރަގުލާން އަކީ ސިއްހީ ދާއިރާގައި ދިހަ އަހަރައްވުރެ ގިނައިން ޚިދުމައްކުރައްވާފައިވާ ބޭފުޅެކެވެ. އަދި ޑރ. ރަގުލާން އަކީ އިންޑިއާގެ ޗެޓިނާޑް މެޑިކަލް ކޮލެޖް އަދި ރިސަރޗް އިންސްޓިޓިއުޓްގައި އެސޯސިއޭޓް ޕްރޮފެސަރގެ މަގާމް އަދާކުރައްވާ ބޭފުޅެކެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގެ ގިނަ ބައެއްގެ އިތުބާރު ހޯދައިފައިވާ، ޒަމާނީ ފެންވަރަށް ސިއްހީ ޚިދުމަތް ފޯރުކޮށްދެމުން އަންނަ އެއް ހޮސްޕިޓަލެވެ.
އެގޮތުން މިހާރުވެސް އެ ހޮސްޕިޓަލުން އަންނަނީ އެންމެ ފަހުގެ ވަސީލަތްތަކާއެކު އާ ހިދުމަތްތައް ތައާރަފުކުރަމުން ނެވެ.
އިތުރު މަޢުލޫމާތު ހެއްދެވުމަށް 3351610 ގުޅުއްވާ ނުވަތަ[email protected] އަށް އީމެއިލް ކުރެއްވުމަށް އެ ހޮސްޕިޓަލުން އެދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް