ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ދެކަނބަލުން ރާއްޖެ ވަޑައިގެންފި އެވެ.
އ.ދ. ގެ ޢާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގައި ބައިވެރިވެވަޑައިގެންނެވުމަށް ފަހު، ރާއްޖެވަޑައިގެންނެވ ީމިއަދު ހެނދުނު އެވެ.
އެމެރިކާގެ ނިއުޔޯކަށް ކުރެއްވި މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އަނބިކަނބަލުން ފަޒްނާ އަޙްމަދާއި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެ ވަޑައިގެންނެވި އެވެ.
އެ ދަތުރުފުޅުގައި ރައީސްގެ އަރިހުގައި އަނބިކަނބަލުން ފަޒްނާ އަހްމަދާއި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެ ވަޑައިގެންނެވި ކަމަށް ރައީސް އޮފީހުން ބުނެއެވެ.
އެމަނިކުފާނުގެ މި ދަތުރުފުޅުގައި އދ ގެ 76 ވަނަ އާންމު މަޖިލީހުގައި ރައީސް ސޯލިހު ވަނީ ތަގުރީރު ކުރައްވާފަ އެވެ. އަދި ރައީސް ވަނީ ރާއްޖޭގެ ފޮރިން މިނިސްޓަރ އަދި އދގެ އާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދާއި އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓާރޭޒްއާ ބައްދަލުކުރައްވައި އެކިއެކި މުހިންމު މައްސަލަތަކާ ބެހޭގޮތުން މަޝްވަރާކުރައްވާފަ އެވެ.
މީގެ ހައިލެވެލް ޑިސްކަޝަންތަކާއި ހަފްލާތަކުގައި ވެސް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.
އެގޮތުން އެއޯސިސްގެ ލީޑަރސް ސަމިޓް 2021ގަ އާއި، ޑާބަން ޑެކްލެރޭޝަން އެންޑް ޕްރޮގްރާމް އޮފް އެކްޝަން އަށް 20 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވެވި ހަފްލާ އާއި، ޓްރާންސްފޯމޭޓިވް އެކްޝަން ފޯ ނޭޗަރ އެންޑް ޕީޕަލްގެ ފަރާތުން ބޭއްވެވި ހަފްލާގައި ރައީސް ބައިވެރިވެވަޑައިގެން ވާހަކަފުޅު ދެއްކެވި އެވެ.
މި ދަތުރުފުޅުގައި ރައީސް ވަނީ ބައެއް ގައުމުތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި މަޝްވަރާތައް ބާއްވަވާފަ އެވެ.
ރައީސް ސޯލިހު އދގެ އާންމު މަޖިލީހުގައި ފުރަތަމަ ފަހަރަށް ބައިވެރިވެވަޑައިގަންނަވާފައި ވަނީ 2019 ވަނަ އަހަރެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް