ރާއްޖޭގެ މޫސުން ގޯސްވެ، ހއ. އަތޮޅުންފެށިގެން ޅ. އަތޮޅާ ހަމައަށް ވައިޓް އެލަރޓް ނެރެފި

ދިވެހިރާއްޖޭގެ މޫސުންގޯސްވެ ހއ. އަތޮޅުން ޅ.އަތޮޅާއި ހަމައަށް ވައިޓް އެލަރޓް ނެރެފި އެވެ. މޫސުމާބެހޭ ޤައުމީ އިދާރާ އިން މި އެލަރޓް ނެރެފައިވަނީ މިއަދު 11:00 ޖެހުމާއި ހަމައަށެވެ. ނަމަވެސް މިހާރުގެ މޫސުމ...

28 Sep 2021 | 04:49

ދިވެހިރާއްޖޭގެ މޫސުންގޯސްވެ ހއ. އަތޮޅުން ޅ.އަތޮޅާއި ހަމައަށް ވައިޓް އެލަރޓް ނެރެފި އެވެ.

މޫސުމާބެހޭ ޤައުމީ އިދާރާ އިން މި އެލަރޓް ނެރެފައިވަނީ މިއަދު 11:00 ޖެހުމާއި ހަމައަށެވެ. ނަމަވެސް މިހާރުގެ މޫސުމަށް ބަލާ އިރު، މި އެލަރޓުގެ ވަގުތު އިތުރުކުރުމަކީ އެކަށީގެންވާ ކަމެކެވެ. އަދި އެލަރޓުގެ ގިންތި މަތުކުރުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

މެޓް އޮފީހުން ބުނީ މިވަގުތުތަކުގައި ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި 45 މޭލަށް ވައި ގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

މިހާރު ރާއްޖެއަށް ކުރަމުން ދަނީ ހުޅަނގު މޫސުމުގެ ވިއްސާރަ ކަމަށްވާތީ، މޫސުމަށް ސަމާލުވެލެއްވުމަށް އިލްތިމާސް މެޓް އޮފީހުން ވަނީ އިލްތިމާސް ކޮށްފަ އެވެ.

ޚާއްސަކޮށް ކަނޑު ދަތުރުކުރައްވާ ފަރާތްތަކާއި ހައިވޭއާއި ބުރިޖުމަތީ ދަތުރުކުރައްވާ ފަރާތްތަކަށް މޫސުމަށް ސަމާލުވުމަށް ވަނީ އެދިފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް