ޕީޕީއެމްގެ ނައިބު ރައީސް ކަމަށް އާޒިމާ، ޒަމީރު، އަދުރޭ އަދި ސައީދު

ޕީޕީއެމްގެ ނައިބު ރައީސް ކަމަށް އާޒިމާ ޝަކޫރު، އަބްދުއް ރަހީމް އަބްދުﷲ، މޫސާ ޒަމީރު އަދި މުހައްމަދު ސައީދު އިންތިހާބު ކޮށްފި އެވެ. ނައިބު ރައީސުންގެ މަގާމަށް ކުރިމަތިލެއްވީ، މިހާރު ވެސް އެ ޕާޓީގެ ނައި...

28 Sep 2018 | 12:08

ޕީޕީއެމްގެ ނައިބު ރައީސް ކަމަށް އާޒިމާ ޝަކޫރު، އަބްދުއް ރަހީމް އަބްދުﷲ، މޫސާ ޒަމީރު އަދި މުހައްމަދު ސައީދު އިންތިހާބު ކޮށްފި އެވެ.

ނައިބު ރައީސުންގެ މަގާމަށް ކުރިމަތިލެއްވީ، މިހާރު ވެސް އެ ޕާޓީގެ ނައިބު ރައީސުން ކަމަށްވާ އަބްދުއްރަހީމް އަބްދުﷲ އާއި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރުގެ އިތުރުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ އަދި ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރެވެ.

އަބްދުއް ރަހީމް ނައިބު ރައީސް ކަމަށް ހޮވިވަޑައިގެންނެވީ 234 ވޯޓުންނެވެ. ޒަމީރަށް 220 ވޯޓު ލިބިވަޑައިގެންނެވި އިރު ސައީދު އަށް 168 ވޯޓު ލިބިވަޑައިގެންނެވި އެވެ.

މީގެ ތެރެއިން އާޒިމާ ނައިބު ރައީސް ކަމަށް އިންތިހާބު ކުރީ ވޯޓަކައި ނުލާ ހަމައެކަނި ކުރިމަތިލެއްވި އަންހެނާއި ހައިސިއްޔަތުންނެވެ. ފިޝަރީޒް މިނިސްޓަރު ޝައިނީ ކެޓި 140 ވޯޓުންނެވެ.

މީޑިއާ ނުވައްދާ ކުރިޔަސް ގެންދާ ޕީޕީއެމް ކޮންގްރެސްގައި ރައީސް ކަމަށް އަބްދުﷲ ޔާމީން ވަނީ އިންތިހާބު ކޮށްފައި އެވެ. އެއީ އިއްތިފާގުން ކަމަށް ޕީޕީއެމްއިން ބުނެ އެވެ. އަދި އަސާސީ ގަވައިދަށް 10 އިސްލާހެއް ހުށަހަޅައި، ވަނީ ފާސްކޮށްފައި އެވެ. އެކަމަކު އޭގެ ތަފްސީލެއް ނޭނގެ އެވެ.

މީޑިއާއަށް ވަދެވެނީ މިރޭ އޮންނަ ކޮންގްރެސް ނިންމުމުގެ ޖަލްސާ އަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް