އިންޑޮނޭޝިޔާއަށް 7.5 މެގްނިޓުޔުޑުގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.
މި ބިންޖެލުމާއިއެކު ރާއްޖެއަށް އެއްވެސް ނުރައްކަލެއް ނެތެވެ. އަދި ބިންހެލުމާއި އެކު އެގައުމުގެ ބައެއް ސަރަހައްދުތަކަށް ސުނާމީގެ އިންޒާރުދީފައިވީނަމަވެސް މިހާރު އެ އިންޒާރު ވަނީ އުވާލާފައެވެ. އެމެރިކާގެ ޖިއޮލޮޖިކަލް ސާރވޭއިން ބުނެފައިވަނީ މި ބިންހެލުން އައިސްފައިވަނީ އެގައުމުގެ ޑޮންގަލާ އަވަށުގެ އުތުރުހުޅަނގުން 56 ކިލޯމީޓަރު ދުރުން އަދި ދިހަ ކިލޯމީޓަރު އަޑިއަށް ކަމަށެވެ.
މިއަދުގެ ހެނދުނުގެ ވަގުތެއްގައިވެސް އިންޑޮނޭޝިޔާއަށް ވަނީ އިތުރު ބިންހެލުމެއް އަތުވެފައެވެ. މިބިންހެލުމުގައި އެކަކު މަރުވެ ދިހަ މީހަކަށް ވަނީ އަނިޔާވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް