ޕީޕީއެމްގެ ރައީސް ކަމަށް ޔާމީން ހޮވައިފި

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ރައީސް ކަމަށް އެ ޕާޓީގެ މުސްތަޝާރު، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހޮވައިފިއެވެ. ރައީސް ޔާމީން އެ މަގާމަށް ހޮވާފައިވަނީ މީޑިއާ ނުވަ...

28 Sep 2018 | 11:20

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ރައީސް ކަމަށް އެ ޕާޓީގެ މުސްތަޝާރު، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހޮވައިފިއެވެ. ރައީސް ޔާމީން އެ މަގާމަށް ހޮވާފައިވަނީ މީޑިއާ ނުވައްދައި އެ ޕާޓީން މިއަދު ކުރިއަށްގެންދިޔަ ކޮންގްރެސްގައެވެ.

މީޑިއާ ނުވައްދާތީ އެ ކޮންގްރެސްގައި ވޯޓްލުމާއި ކަންކަން ގެންގޮސްފައިވަނީ ކިހިނެއްކަން ނުއެނގެއެވެ. ނަމަވެސް ޕީޕީއެމްގެ ރަސްމީ ޓްވިޓާ އެކައުންޓުން ބުނެފައިވާގޮތުގައި ޕީޕީއެމްގެ ރައީސްގެ މަގާމަށް ރައީސް ޔާމީން އައްޔަން ކުރުމަށް ފާސްކުރީ ކޮންގްރެސްގައި ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ.

ޕީޕީއެމްއިން މިއަދު ކޮންގްރެސް ބާއްވާފައިވާއިރު މިދިޔަ އާދީއްތަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުން އެ ޕާޓީގެ ކެނޑިޑޭޓް ރައީސް ޔާމީނަށް ވަނީ ބޮޑު ނާކާމިޔާބީއަކާއި ކުރިމަތިލައްވަން ޖެހިވަޑައިގެންފައެވެ.

އިލެކްޝަންސްގެ ނަތީޖާ ޕީޕީއެމްއިން ގަބޫލުކޮށްފައިވާއިރު އެ ޕާޓީން ބުނެފައިވަނީ ދެން ހަރަކާތްތެރިވާނީ ސަރުކާރު ޒިންމާދާރުކުރުވާ ހަރުދަނާ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް