މެކްސިކޯގެ އުތުރުގެ ސިޓީއެއް ކަމުގައިވާ ޓަމްޕިކޯ އަށް އިއްޔެ ވެހުނު ވާރެއާއެކު މަތިން މަސް ފައިބައިފާ ވާކަމަށް އެ ގައުމުގެ ސިވިލް ޑިފެންސުން ހާމަކޮށްފި އެވެ.
ތަމައުލިޕާސް ސިވިލް ޑިފެންސުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އިއްޔެ އެ ގައުމުގެ ޓަމްޕިކޯ އަވަށަށް ވާރޭ ވެހުނު އިރު ވާރެއާއެކު މަތިން މަސްވެސް ފައިބާފައިވާކަމަށެވެ. ސިވިލް ޑިފެންސުން ވަނީ ފޮޓޯވެސް އާއްމު ކޮށްފަ އެވެ.
އެމެރިކާގެ ލައިބްރަރީ އޮފް ކޮންގްރެސް އިން ހާމަކުރާގޮތުގައި މިފަދަ ކަންކަން ދޭތެރެ ދޭތެރެއިން އެކި ގައުމުތަކުގައި ހިނގަ އެވެ. އަދި އެކަމުގެ ސަބަބަކީ ޓޯނޭޑޯ އެއް އުފެދި އަދި އެ ޓޯނޭޑޯ ފެނުގެ ތެރެއިން ދަތުރުކުރާއިރު މަސްތައް މައްޗަށް އަރައިގެން ގޮސް ވާރޭ ވެހޭއިރު މި ވާރެއާއެކު މި މަސްތައް ފައިބަނީ ކަމުގައި ސައިންޓިސްޓުން ގަބޫލު ކުރާ ކަމަށްވެސް އެމެރިކާގެ ލައިބްރީ އޮފް ކޮންގްރެސް އިން ހާމަކުރެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް