އެމެރިކާގެ ސްޓޭޓެއް ކަމުގައިވާ އޮކްލަހޯމާގައި ޑޮލަރު ތަކަކާއެކު ތުއްތު ކުއްޖަކު ކާރަކަށް ލާފައި މަންމައަކު ފިލައިފި އެވެ.
މި ހާދިސާ އޮކްލަހޯމާގެ ފުލުހުން ތަހުގީގު ކުރަމުން އަންނައިރު އެ ކުއްޖާ ކާރުގެ ޝީޓްގައި އޮއްވާ ފެނުނީ ޕާކަކަށް ގޮސް އުޅުނު ބަޔަކަށެވެ. އެ ތުއްތު ކުއްޖާއާއެކު އެ ކުއްޖާގެ އުފަންދުވަހުގެ ސެޓްފިކެޓްވެސް ކާރުގެ ތެރޭގައި ބާއްވާފައި އޮތެވެ. އަދި އެ ކުއްޖާގެ ސޯޝަލް ސެކިއުރިޓީ ކާޑުވެސް ކައިރީގައި ބާއްވާފައި އޮތެވެ.
ފުލުހުން މިހާރު އެ އަންހެންމީހާ ހައްޔަރު ކޮށްފައިވާއިރު ފުލުހުން ބުނެފައިވަނީ އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށާއި މަންމައަކު އެވަރުގެ ކުއްޖަކު އެގޮތަށް ދޫކޮށްލަންޖެހޭ ސަބަބެއް ނުވިސްނޭ ކަމަށެވެ.
ފުލުހުން ހާމަކޮށްފައިވާގޮތުގައި އެ ކުއްޖާ ފެނުނު ސަރަހައްދުގެ ހޫނުމިނަކީ 91 ޑިގްރީ އެވެ. އަދި އެކުއްޖާ ފެނުނު ކަމަށް ބެލެވެނީ ދޫކޮށްލިތާ 30 ވަރަކަށް މިނެޓް ފަހުން ކަމަށްވެސް ފުލުހުން ބުނެފައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް