އެދެވޭ ވަރަށް އަންނަ ނޮވެމްބަރަށް އައިފޯނު އެކްސް ނުނެރެވިދާނެ – ސަބަކަށްވަނީ ރޯމިއޯ އެންޑް ޖޫލިއެޓް

އައިފޯނު އެކްސްގެ އިންތިޒާރުގައި އެތައް ބަޔަކު ތިބި އިރު އަންނަ ނޮވެމްބަރާއި ހަމައަށް މާކެޓަށް ނެރެވޭ އައިފޯނުގެ އަދަދު ދަށްވެދާނެ ކަމަށް ވޯލް ސްޓްރީޓް ޖާނަލް އިން ބުނެފި އެވެ. ވޯލް ސްޓްރީޓް ޖާނަލްގައ...

28 Sep 2017 | 01:05

އައިފޯނު އެކްސްގެ އިންތިޒާރުގައި އެތައް ބަޔަކު ތިބި އިރު އަންނަ ނޮވެމްބަރާއި ހަމައަށް މާކެޓަށް ނެރެވޭ އައިފޯނުގެ އަދަދު ދަށްވެދާނެ ކަމަށް ވޯލް ސްޓްރީޓް ޖާނަލް އިން ބުނެފި އެވެ.

ވޯލް ސްޓްރީޓް ޖާނަލްގައި އިތުބާރު ހުރި މަސްދަރުތަކާ ހަވާލާދީ ބުނެފައިވަނީ އައިފޯނު އެކްސްގައި ހިމަނާފައިވާ ފޭޝިއަލް ރެކޮންނިޝަން ސެންސަރު ދެ މޮޑިއުލަކަށް ބަހާލާފައިވާއިރު އެއް މޮޑިއުލަށް ކިޔާ ނަމަކީ ރޯމިއޯ ކަމަށެވެ. އަދި އަނެއް މޮޑިއުލަށް ކިޔަނީ ޖޫލިއަޓް ކަމަށެވެ. ރޯމިއޯ އަކީ އިންފްރާރެޑް މެދުވެރިކޮށް މޫނު ސްކޭން ކޮށްދޭ މޮޑިއުލް ކަމަށާއި ޖޫލިއެޓް މޮޑެލް އަކީ ފޭސް ވެެރިފައި ކޮށްދޭ މޮޑެލް ކަމަށްވެސް ބުނެފައި ވެ އެވެ.

އަދި މި ދެ މޮޑިއުލް ވަކިން ހަދަމުން އަންނައިރު ޖޫލިއެޓަށްވުރެ ރޯމިއޯ މޮޑިއުލް ހެދޭލެއް ލަސްކަމުން މިކަމުގެ އަސަރު އައިފޯނު އެކްސް އުފެއްދުމަށް ކޮށް، އަންނަ ނޮވެމްބަރާއި ހަމައަށް އެޕަލްއަށް އުފެއްދޭ އައިފޯނު އެކްސްގެ އަދަދު މަދުވުން އެކަށީގެންވާކަމަށް ވޯލް ސްޓްރީޓް ޖާނަލްގެ ރިޕޯޓްގައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް