އެކުވެރި އަރަބި އިމާރާތުގެ ވެރިރަށް އަބޫދާބީން ނެދަލޭންޑްގެ ވެރިރަށް އެމްސްޓަޑާމް އަށް އުދުހެމުންދިޔަ ފްލައިޓެއްގެ ކެޕްތަނު، ދަތުރުމަތީގައި މަރުވެއްޖެ އެވެ.
މިކަން ހާމަކޮށް އަބޫދާބީގެ އެތިހާދު އެއަރވޭސް އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އުދުހެމުންދިޔަ ފްލައިޓެއް ޕައިލެޓު، ދަތުރު މަތީގައި މަރުވުމުން ކުއްލި ހާލަތުގައި އެ ފްލައިތޫ ކުވޭތަށް ޖައްސާފައިވާކަމަށެވެ. އަދި ފްލައިޓް ކުވޭތަށް ޖެއްސި އިރު ސިއްހީ ފަރުވާ ދިނުމަށް ހާއްސަ ޓީމެއް އޮތް ކަމަށާއި ނަމަވެސް ފްލައިޓް ޖެއްސި އިރު އެ ޕައިލެޓް ވަނީ މަރުވެފައި ކަމަށް އެތިހާދު އެއަރވޭސް އިން ބުނެފައި ވެ އެވެ.
އެ އެއަރވޭސް އިން އިތުރަށް ބުނެފައިވަނީ ކާގޯ ފްލައިޓެއް ކަމުގައިވާ ފްލައިޓް އީވައި 927 ގެ ޕައިލެޓް ދަތުރުމަތީގައި މަރުވުމުން އިންތިހާއަށް ހިތާމަ ކުރާ ކަމަށާއި ޕައިލެޓްގެ ހާލު ދެރަވީ ފްލައިޓް ދަތުރު ކުރަމުން ދަނިކޮށް ކަމަށެވެ. އަދި މަރުވި ޕައިލެޓްގެ އާއިލާއަށް ތައުޒިޔާ ރައްދުކުރާ ކަމަށްވެސް އެ އެއާލައިނުން ބުނެފައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް